ބޮލީވުޑްގެ މަޝްހޫރު ތަރިން ފެނިގެންދާ ކަލަންކް މިއަދު ރިލީޒް ކޮށްފިއެވެ. ނަމަވެސް މި ފިލްމު ބެލި ގިނަ ބަޔަކު އަންނަނީ އުއްމީދު ކުރި ވަރަށް ވުރެ ފިލްމު ރީތި ނޫން ކަމަށް ބުނަމުން އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ލިޔެ/ޑައިރެކްޓް ކުރި ފިލްމަށް ގިނަ ކްރިޓިކުން ދީފައި ވަނީ ފަސް ތަރިން 2-3 އާ ދޭތެރޭ ރޭޓިންއެކެވެ. މިއީ ހަގީގަތުގައި "ކަލަންކް" އަށް އުންމީދު ކުރި ވަރަށް ބަލާއިރު ވަރަށް ދަށް ރޭޓިންއެކެވެ.

ގިނަ ބަޔަކު މި ފިލްމު ބަލަން ކެތްމަދު ވެފައި ތިބީ މި ފިލްމުގެ ކާސްޓިން ގައި ބޮލީވުޑް ގެ މަޝްހޫރު ތަރިން ހިމެނޭތިއެވެ. އޭގެ ތެރޭގައި މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރް ހިމެނެވެ.

"ކަލަންކް" އާ ބެހޭ ގޮތުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނީ މި ފިލްމުގެ އެންމެ ބޮޑު މައްސަލައަކީ މާ ބޮޑު އޮއްޓަރެއް، އަސަރެއް ނެތް، ފީކަޅާ ސްކްރީންޕްލޭ އެވެ. އޭގެ ސަބަބުން ފިލްމުގެ ސްޓޯރީ ލައިނުގައި މާ ޝައުގުވެރި ކަންތައްތަކެއް ނެތް ކަމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމަކީ އަކީ 1940 ތާރީހީ ލޯބީގެ ގެ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. މީ ފިލްމުގައި ކިޔައި ދެނީ އަނބިމީހާ އަށް ކެންސަރު ޖެހިފައިވާތީ އޭނާ އަވަހަށް މަރުވެދާނެ ކަމުގެ ބިރު އޮތުމުން ފިރިމީހާ އަށް ދެވަނަ އަންބަކު ހޯދައި ދިނުމުން ދިމާވާ ކަންތައްތަކެއްގެ ވާހަކަ އެވެ. މާދުރީ ފެނިގެން ދަނީ މިއުޒިކް ޓީވަރެއްގެ ރޯލުން އެވެ. އަދި ސަންޖޭ ކުޅެފައިވަނީ އަދިތިޔާ ގެ ބައްޕަގެ ރޯލެވެ.