ޖިންސީ ފުރައްސާރައާއި އަނިޔާތަކުގެ ވާހަކަތައް ކިޔައިދިންތާ ފަސްވަނައަށް ވީ ދުވަހު، ގަޔަށް ކެރޮސިން އަޅާ އަންދާލައިފިއެވެ.

ބަންގްލަދޭޝްގައި ހިނގާ ދިޔަ އެ ހާދިސާގައި އަންދާލާފައި ވަނީ ނުސްރަތު ޖަހާން ރާފީއެވެ. އުމުރުން އެންމެ 19 އަހަރުގެ ނުސްރަތަކީ ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ މީހެކެވެ. އިސްލާމިކް ސްކޫލެއްގައި ކިޔަވަމުންދިޔަ ނުސްރަތު ކިޔާދީފައިވާ ގޮތުގައި، ޕްރިންސިޕަލް އޭނާ އޮފީހަށް ގެންގޮސް އެކިފަހަރު މަތިން، ޖިންސީ ގޯނާތައްދީ، ގައިގައި އަތްލުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ނުސްރަތު ވަނީ އޭނާއަށް ޖިންސީ ފުރައްސާރަ ލިބެން ފެށުމާއެކު އެވާހަތައް އާއިލާއާ ހިއްސާކޮށް، ފުލުހަށްވެސް ގޮސް، އެންމެނަށް ކިޔައިދީފައެވެ. އެ ވާހަތައް ފުލުހަށް ކިޔައިދިން އިރުެސް ފުލުހުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމަށާއި، އެ ކަމަކީ މަޖަލަކަށް ހަދާ ފުލުހުން ވީޑިއޯ ކުރި ކަމަށް ނުސްރަތު ބުނެފައިވެއެވެ. ނުސްރަތު އަނބުރާ ސްކޫލަށް ދާން ބޭނުން ނުވާތީ ފުލުހުންގެ ފަރާތުން ރައްކާތެރިކަން ހޯދަން އެދުނު ނަމަވެސް، ފުލުހުން އެކަމަށްވެސް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ނުސްރަތު ސްކޫލަށް ފަހުން ދިޔައީ މަޖުބޫރުވެގެން ކަމަށް އޭނާ ބޭބެ ބުންޏެވެ. އެގޮތުން ފައިނަލް ޓެސްޓް ހެދުމަށް ނުސްރަތު ކޮންމެހެންވެސް ސްކޫލަށް ދިޔައީ، ބޭބެއާ އެކުގައެވެ. ބޭބެއަށް ސްކޫލަށް ވަނުމަށް ފުރުސަތު ސްކޫލުގެ ގާޑުން ނުދިން އިރު، އޭނާ ރޯކޮށްލީ ކްލާާހަށް ނުވަދެވިގެން އުޅެނިކޮށް، އަތުލައިގަނެގެން ގެންގޮސްއެވެ. ބޭބެ ބުނެފައި ވަނީ އޭނާ ސްކޫލަށް ވަންނަން އުޅުނީ ރައްކާތެރިކަމެއް ދޭން ކަމަށާއި، ނުސްރަތުގެ މަރާއެކު މުޅި އާއިލާގެ ހިތްތައް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ނުސްރަތަށް އިންސާފު ހޯދުމަށް ގޮވާލާ ބަންގާޅުގެ ބައެއް ސަރަހައްދުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޯލްޑިވިޔަން

    އައުރަ ރައްކާތެރި ނުކުރީމާ މިހެންވަނީ

    1
    53
  2. Anonymous

    ޢައުރަ ރައްކާ ނުކިރިޔަސް ނުޖެހޭ ގަޔަށް އަރާ މަރާލާކަށް

    52
    • މޯލްޑިވިޔަން

      މީ ހުސް ދޮގު.މުސްލިމުން ބަދުނާމު ކުރަން ދައްކާ ވާހަކަ

      1
      8
  3. ނޫނު ބާ?

    ހޭބަލިވެފަ ތިބޭ ބައެއްތަ މީ އަޅެފަހެ .......

    19
    1
  4. ދިލް

    ބަންގުލަދޭޝް މީހުން ނުވާނެ ރަނގަޅެއް... އައުރަ ނިވާނުކުރިއަސް ޖިންސީ ގޯނާ ކުރާކަށް ނުޖެހޭ?

    12
    1
  5. ޒައި

    ބުރުގާ އަޅައިގެން އެ ކުއްޖާ އެހެރީ އެ ފޮޓޯގަ. ވަރަށް ނުބައި ނުލަފާ އަމަލެއް ޕްރިންސިފަލް ކުރީ. މަރަށް މަރު. އިންސާފު ލިބެންޖެހޭ. ކޮންމެ އެއްޗެއް ލައިގެން ހުއްޓަސް ހިލޭ އަންހެނެއްގައިގަ އަތްލައިގެން ނުވާނެ. އެއީ މަނާކަމެއް. ގައިގަ އަތް ލާ ޖިންސީ ގޯނާ ކުރުމަކީ ބޮޑު ވެގެންވާ ފާފަ އެއް. ވަރަށް ނުބައި އަމަލެއް.

    15
    • ގަމާރުމޯލްޑިވިއަންމ

      މޫނު ބުރުގާ އަޅައިގެން ހުރިނަމަ ނުވާނެ.ބަލާބަސައުދީގަ

      2
      10
  6. މީ

    ޔާﷲ