އެމެރިކާގެ ކެލިފޯނިޔާގައި ހިނގި ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ. އެއީ 2018 ވަނަ އަހަރެއެވެ.

އެމެރިކާގެ ފުލުހުންނަށް ލިބުނު ކޯލްއަކާއެކު ފުލުހުން ހަރަކާތްތެރިވާން ފެށީ، 17 އަހަރުގެ ކުއްޖެއް އޭނާގެ ނުލަފާ މައިންބަފައިން ކިބައިން ސަލާމަތް ކުރުމަށެވެ. ކުއްޖާގެ ރައްކާތެރިކަމަށް، ކުއްޖާގެ ނަމެއް ކޯޓުން ހާމަކޮށްފައިނުވި ނަމަވެސް، މިކުއްޖާއަށް އަނިޔާކޮށްފައިވަނީ އުމުރުން 57 އަހަރުގެ އޭނާގެ ޑޭވިޑް ޓާފިންއާއި އޭނާގެ އަންހެނުން އަދި އެކުއްޖާގެ މަންމަ ލޫއިސް ޓާފިންއެވެ.

ކޯޓަށް ދިން ބަޔާނުގައި 17 އަހަރުގެ ކުއްޖާ އޭނާގެ ދިރިއުޅުން ކިޔާދީފައިވެއެވެ. 17 އަހަރުގެ މިކުއްޖާއަކީ، އޭނާގެ މައިން ބަފައިންގެ 13 ދަރިންގެ ތެރެއިން ދެ ވަނައަށް އެންމެ ދޮށީ ކުއްޖާއެވެ. އަދި މި ހުރިހާ ކުދިންވެސް، ބަހައްޓަކީ ގޭބަންދުކޮށްފައެވެ.

"އަހަރެންގެ މަންމަވަނީ ތިން ކޮއްކޮ ގައިގައި ޗޭނު ޖަހާފައި" 17 އަހަރުގެ ކުއްޖާ ގެއިން ފިލައިގެން ގޮސް ފުލުުހުންނަށް ގުޅި ކޯލް ގައި ބުންޏެވެ.

މިކުއްޖާއަށް އޭނާ ހުރިތަނެއް ނުވަތަ އެކުއްޖާ ދިރިއުޅޭ ގެ ހުރިތަނެއްވެސް ކިޔައިދޭކަށް ނޭނގުނެވެ.

"މަންމަ ފޯން ހިފައިގެން މިއައީ. ބޭރަށް ނުދާތީ ނޭނގެ ގެ ހުންނަތަނެއްވެސް. ކޮންތާނުކަމެއް ގެ ހުންނަނީ، މިހުރީ ކޮންތާނު ކަމެއްވެސް ނޭނގޭ" އެކުއްޖާ ބުނެފައިވެއެވެ.

ފުލުހުން މިކުއްޖާ ހުރިތަން ހޯދާފައިވަނީ ފޯން ކޯލް ޓްރޭސްކޮށްގެނެއެވެ. އަދި މިކުއްޖާއާއި އިތުރު 12 މިކުއްޖާގެ އެއްބަޑުއެއްބަފާ ކުދިން ފުލުހުންވަނީ ސަލާމަތްކޮށްފައެވެ.

13 ކުދިން، އެކުދިންގެ މައިންބަފައިންނާއެކު

އެކުދިން ސަލާމަތް ކުރިއިރު، ކާންދީ ނުބެހެއްޓުމުގެ ސަބަބުން ހުރިހާ ކުދިންނަށްވެސް ވަނީ ތަފާތު ބަލިތައް ޖެހިފައެވެ. އަދި ފެންނުވަރާ ގައިން ތާހިރުވެ ނުހުރުމުގެ ސަބަބުން ހަންގަނޑުވެސްވަނީ މުޅިން ކުރިކިވެފައެވެ. މިކުދިން މިހާރު ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ.

މިކުދިންގެ މައިން ބަފައިންނަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްޔެވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަކޫޓަންޖިންނި

    ހެޔޮތާ. ފޮޓޯގައި އެންމެން އެތިބީ ހެވިދިލިފާ.

    6
    7