މީގެ ދެ އަހަރު ކުރިން އެެމެރިކާގެ ދޮންނަ ކުނޑި ކާލާ، ތިން ދުވަސް ވަންދެން އައިސީޔޫގައި އޮތް ކުއްޖާ މަރުނުވެ ހުރީ އެކުއްޖާގެ ނަސީބު ރަނގަޅު ކަމުން ކަމަށް އެކުއްޖާގެ މަންމަ ބުނެފިއެވެ.

އެކުއްޖާގެ މަންމަ ބޭރުގެ ނޫހަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އަދިވެސް އޭނާގެ ދަރިފުޅަށް ނޭވާލުމަށް ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް ކުއްޖާގެ ހާލަތު ދުވަހެއް ދުވަހެއް ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

އެކުއްޖާ ދޮންނަ ކުނޑި ކައިފައިވަނީ، މީގެ ދެ އަހަރު ކުރިންނެވެ. އަދި އެ ކޭތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެކުއްޖާވަނީ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެވިފައެވެ.

ދޮންނަ ކުނޑި އަދި ތަށި ދޮންނަން ގެންގުޅޭ ސޯޕް ފަދަ ތަކެއްޗަކީ ކުޑަ ކުދިންނަށް އެކަމުގެ ސަބަބުން ގެއްލުން ކުރިމަތި ވާފަދަ ތަކެއްޗެވެ. 2016 ވަަނަ އަހަރު އެމެރިކާގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ޖުމްލަ، 62,254 ކުދިން އަހަރެއްގެ މައްޗަށް މިފަދަ އެއްޗެއް ކައިގެން އެޑްމިޓް ވާ ކަމަށެވެ. އަދި މިއީ ބައެއް ފަހަރު ކުއްޖާގެ ސިއްޙަތަށް ނުރައްކާތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު