އިންޑިއާގެ ޓެލެންގަނާގެ އެކްޓްރެސްއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބަރްގަވީ އާއި އަނުޝަ ރެޑީއަށް އެ ދުވަސްވަސް ފެށުނީވެސް އާދައިގެ ކޮށެވެ. އެހެން ނަމަވެސް އެ ދުވަހު ޝޫޓިންގ ނިންމާލުމަށްފަހު ގެއަށް ދިޔަ މަގުމަތީ ދިމާވީ އުއްމީދުވެސް ނުކުރާ ކަމެކެވެ. ގެއަށް ދިޔަ މަގުމަތީގައި އެކްސިޑެންޓެއްވީއެވެ. އެ އެކްސިޑެންޓުގައި ދެ ތަރިންވެސް ވަނީ މަރުވެފައެވެ.

މިދިޔަ ބުދަ ދުވަހު ޓެލެގަނާގެ ޑިސްޓްރިކްޓެއްގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މި ދެތަރިންނާއި އިތުރު މީހަކާއި، އަދި ކާރު ޑްރައިވަރާއެކު ގެއަށް ދިޔަ މަގުމަތީގައެވެ. އެ ހާދިސަގައި ކާރުގައި ދެން ތިބި ދެ މީހުން ވަނީ ސަލާމަތްވެފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކުރިމަތިން އައި ޓްރަކްއެއްގައި ޖެހިދާނެތީ އެއްފަރާތަކަށް ކާރު ޖައްސަން އުޅުމުގެ ތެރޭގައި ގަހަކަށް އަރައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބަރްގަވީ ވަނީ އެކްސިޑެންޓް ހިނގި ތަނަށް މަރުވެފައެވެ. އަނުޝާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އަދި ކާރުގައި ދެން ތިބި ދެ މީހުންނަށް ހައިދަރް އާބާދްގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.

ބަރްގަވީ ވަނީ މަޝްހޫރު ޑްރާމާ މުޓްޔަލާ މުގޫގައި މަސައްކަތް ކޮށްފައެވެ. އަނުޝާއަކީ އަލަށް އެ ދާއިރާއަށް ނުކުތް ތަރިއެވެ. މިިދިޔަ ހޯމަ ދުވަހު މި ދެތަރިން ވިކަރްއާބާދުއަށް ދިޔައީ ޝޫޓިންގއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު