ޔޫކްރޭންއަށް އުފަން އުމުރުން 23 އަހަރުގެ ވަލްދިޝްލަވާ، އޭނާގެ ދެ ކުދިން ކޮޓަރީގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ވަލްދިޝްލަވާ އޭނާގެ ދެ ކުދިން ކަމަށްވާ، އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖެއް ކޮޓަރީގައި ބަންދުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި މިދެކުދިން ބަންދުކޮށް 9 ދުވަސް ވަންދެން ބަހައްޓާފައިވެއެވެ.

ފުލުހުން މިމައްސަލައިގައި ބުނެފައިވަނީ، ވަލްދިޝްލަވާގެ ބަލައި ފާސްކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށާއި ބަލާ ފާސްކުރި ވަގުތު އޭނާ ދިިރުއުޅޭ ގޭގެ ތެރެއިން އޭނާގެ ދެ ކުދިން ކޮޓަރިއެއްގައި ބަންދުކޮށްފައި ހުއްޓާ ފެނުނު ކަމަށެވެ.

" ދެކުދިން ތިބީ ކޮޓަރިއެއްގައި ބަންދުކޮށްފައި، ދެކުދިންގެ ތެރެއިން 1 އަހަރުގެ ފިރިހެން ކުއްޖާ، އޮތީ މަރުވެފައި. ބެލެވޭ ގޮތުގައި އެ ކޮޓަރީގައި ބަންދުކޮށްފައި ހުރި ދެން ހުރި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖާ ހުރީ ކޮއްކޮ މަރުވި އިރު ކައިރީގައި." ކޯޓަށް ދިން ބަޔާނުގައި ފުލުސް މީހާ ބުންނެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، އެ ކުދިންގެ ތެރެއިން ދިރިހުރި ކުއްޖާ ސަލާމަތްވެފައިވަނީ ފާރުގައި ހިއްޕާހުރި ކަރުދާހާއި ޕްލާސްޓިކް ކުޅޭ ތަކެތި ކައިގެން ކަމަށެވެ.

އެކުދިންތައް އެގެއިން ހޯދުމަށްފަހު، ފުލުހުން އޭރުވަނީ އެކުދިންގެ މަންމަ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެކުދިންގެ މަންމަ ފެނިފައިވަނީ، އޭނާގެ ލޯބިވެރިޔާއާއެކު ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅެނިކޮށެވެ.

އެ ކުދިންގެ މަންމަ މީގެ ކުރިންވަނި، އެކުދިންގެ ފޮޓޯތައް މީސްމީޑިޔާގައި ޖަހާ، އެކުދިންނަށް އެހީތެރިވުމަށް ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު