ހައްޔަރު ކުރަން އުޅުމުން ފުލުހެއްގެ ކަންފަތުގައި ދަތްއަޅާ ކަންފަތުން ބައެއް "ކާލި" މީހެއްގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އިނގެރޭސި ވިލާތުގެ މީހަކަށެވެ. އެމީހާ، ފުލުސް މީހާގެ ކަންފަތުގައި ދަތް އަޅާފައިވަނީ، އޭނާ ހައްޔަރު ކުރަން އުޅުމުން، އެކަން ހުއްޓުވުމުގެ ގޮތުންނެވެ.

ކޯޓުގައި މިމީހާ ބުނެފައިވަނީ، މިކަންކޮށްފައިވަނީ ނަފްސު ދިފާޢު ކުރުމަށްޓަކައި ކަމަށާއި އޭނާ ހައްޔަރު ކުރަން އުޅުނީ އޭނާ ނުކުރާ ކަމެއްގެ ތުހުމަތުގައި ކަމަށެވެ.

އެމީހާ ހައްޔަރުކުރަން އުޅެފައިވަނީ، ވައްކަމުގެ މައްސަލައެއްގައެވެ. ނަމަވެސް މިމައްސަލަ އެމީހާގެ މައްޗަށް ސާބިތެއް ނުވެއެވެ. 13 އަހަރުގެ ޖަލު ހުކުމެއް މިމީހާއަށް އިއްވާފައިވާއިރު، މިކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

އަދި ފުލުހުސް މީހާގެ ކަންފަތް އަދިވެސް ރަނގަޅެއް ނުވެއެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، އެތައް ސާޖަރީއަކަށްފަހުވެސް، ކަންފަތް ރަނގަޅު ނުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު