ބޮލީވުޑްގެ އެންމެ ލޯބި ދެމަފިރިންގެ ގޮތުގައި ފާހަގަވެފައިވާ އައިޝްވާރިޔާ ރާއީ އާއި އަބިޝޭކް ބަޗަންގެ ކައިވެންޏަށް 12 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

މި ދެތަރިންގެ ކައިވެންޏަށް 12 އަހަރު ފުރޭނީ މާދަމާެއެވެ. މި ދެތަރިން ރާއްޖެ އައިސްފައި ވަނީ އިއްޔެއެވެ. މި ތަރިން ރާއްޖެ އައީ ދަރިފުޅު އަރަދްޔާވެސް ގޮވައިގެންނެވެ.

އައިޝްވާރިޔާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ރާއްޖޭގައި ހުރިކަން ހާމަކޮށްފައެވެ. މި ކުޑަކުޑަ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ނިޔާމަ ރިސޯޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.

https://www.instagram.com/p/BwbLWADg4Wm/?utm_source=ig_share_sheet&igshid=1trxsv2y6n6np

ބޮލީވުޑްގެ ތަރިންނަކީ ވަރަށް ގިނައިން ރާއްޖެ އަންނަ ބައެކެވެ. ދާދި ފަހުން މަލައިކާ އަރޯރާ އާއި އަރްޖުން އަދި ކެޓްރީނާވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރާފައެވެ.

އަބީޝޭކްގެ މި ކުޑަކުޑަ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، މި ދެތަރިންމީ ރާއްޖެއާއި ވަރަށް ރައްޓެހި ދެ މީހުންނެވެ. ކޮންމެ އަހަރެއްކަހަލަ ގޮތަކަށް ދެ ތަރިން އާއިލާ އެހެން މެންބަރުންނައެކު ރާއްޖެ އާދެއެވެ.