ވިހެއި އިރު ކިލޯއެއްވެސް ހަމަނުވާ ކުއްޖާ ސަލާމަތުން ގެއަށް ދެވޭނެެކަމުގެ އުފާވެރި ހަބަރު ޑޮކްޓަރުން ދީފިއެވެ.

ޖަޕާނުގެ ހޮސްޕިޓަލަކަށް މިިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ވިހެއި އެ ކުއްޖާ ވިހެއިއިރު ބަރުދަނުގައި އާފަލެއްގައި ހުންނަވަރުވެސް ނެތްކަމަށް ވެއެވެ. ބަނޑަށް 24 ހަފްތާގައި އެ ކުއްޖާ ސިޒޭރިއަން ހެދީ، މަންމަގެ މައްސަލަތަކެއް ހުރުމުންނެެވެ.

އެ ކުއްޖާ ވިހެއުމާއެކު ވަގުތުން ނިއޯނެޓަލް އިންޓެންސިވް ކެއާ ޔުނިޓްގައެވެ. އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެ ކުއްޖާ ވިހެއިއިރު، އެ ކުއްޖާގެ ދިގުމިނުގައި ހުރީ 8.6 އިންޗިއެވެ. އަދި ބަރުދަނުގައި ހުރީ 9.1 އައުންސް އެެވެ.

ރުޔުސްކޭ ސޭކިއާ ނަމަކަށް ކިޔަ އެ ކުއްޖާ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އެ ކުއްޖާއަށް ކާން ދޭން ޖެހެނީ ހޮޅީގެ އެހީގައެވެ.

މިހާރު ރުޔުސްކޭއަށް ހަތް މަސްވެއްޖެއެވެ. އޭނާ މިހާރު ވަރަށް ބޮޑަށް ރަނގަޅެވެ. ރުޔުސްކޭ ކުރިއަށްވުރެ 13 ގުނަ ބޮޑުވެއްޖެއެވެ. އަދި އޭނާގެ ބަރުދަނުގައި ތިން ކިލޯ މިހާރު އެބަހުއްޓެވެ.

ރުޔުސްކޭގެ މަންމަ ބުނީ، އޭނާ ވިހެއިއިރު އެ ދަރިފުޅުވަަރަށް ކުޑަ ކަމަށެވެ.

"ދަރިފުޅުގެ ގައިގާ އަތްލުމުންވެސް ހީވަނީ ބިންދައިގެން ގޮސްދާނެހެން. އަހަރެން ވަރަށް ކަންބޮޑުވި". ރުޔުސްކޭ މަންމަ ބުންޏެވެ.

އެހެން ނަމަވެސް މިހާރު އެ ކުއްޖާގެ ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެއެވެ. އަދި ރަނގަޅަށް ކިރުވެސް ބޯން ދެވޭއިރު، ފެންވަރުވާވެސް ހެދެއެވެ.

މިހާ ބަރުދަން ލުއިކޮށް ވިހާ ކުދިންގެ ތެރެއިން ނިސްބަތުން ދުނިޔޭގައި ތިބެނީ އަންހެން ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    އަހަރެން ރާއްޖޭގައި ވިހީ 26 މަހުގަ، ވިހޭއިރު 850ގުރާމް. އައިޖީއެމްއެޗްގެ ނާސަރީގައި 2 މަސް އޮތް. މިހާރު 6 މަސް ވެއްޖެ، ވަރަށް ބޮޑު. ރާއްޖޭގައިވެސް އެގޮތަށް ވަރަށް ގިނަ ކުދިން ވިހާ، ނާސަރީ ފެނުނީމަ އިނގޭނީ!!

  2. މީ

    މާޝާﷲ

  3. ޖެރީ މީދާ

    މާށަ ﷲ