ހިކެން ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. ތަފާތު އެތައް ސަބަބު ތަކަށްޓަކައެވެ. ބައެއް ފަހަރު، ރީތި ބައްޓަމަށެވެ. އަނެއްބައި ފަހަރު، ސިއްޙަތު ސަލާމަތުން ބެހެއްޓުމަށެވެ. ހިކެން ބޭނުންނަމަ އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ބަޑު ހިންދާ ލުމަށެވެ. ނަމަވެސް މިކަން ކުރާނެ ގޮތަށް ގިނަ ފަހަރު ގިނަ ބަޔަކަށް ނޭނގެއެވެ.

އެތައް ހާސް ބައެއް ހިމަނައިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ބަޑު ހިންދަން ބޭނުންނަމަ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު އެއް ވިޓަމިން އަކީ ވިޓަމިން ޑީ އެވެ.

މިދިރާސާއިން ދައްކާ ގޮތުގައި، އަންހެން ފިރިހެން ދެ ޖިންސުގެ މީހުންގެ ބަޑު ބޮޑުވުމާއި ބަޑު ފުފުމާއި، ވިޓަމިން ޑީ ހަށިގަނޑުގައި ހުންނަ ނިސްބަތާ ގުޅުމެއްވެއެވެ. މިގޮތުން ވިޓަމިން ޑީ މަދުވާނަމަ ބަޑު ބޮޑުވާ ކަމަށް މިދިރާގައިވެއެވެ.

ވިޓަމިން ޑީ މަދުވުމަކީ ބަޑު ބޮޑުވުމުގެ އިތުރުން، ބައެއް ކަހަލަ ހިތުގެ ބަލި ތަކަށްވެސް މަގު ފަހިވެއެވެ. ވިޓަމިން ޑީ ހިމެނޭ ކާނާގެ ތެރޭގައި މަހާއި ބިސް ހިމެނެއެވެ. ނަމަވެސް އެންމެ ގިނައިން ހަށިގަނޑަށް ވިޓަމިން ޑީ ލިބެނީ އިރުގެ ދޯދިންނެވެ.