ދާދި ފަހުން އިންޑިއާގައި ޓިކްޓޮކްއަށް ނުވަދެވޭ ގޮތް ވަނީ ހަދާފައެވެ. އެތައް ބަޔަކު އެކަމާއި ހިތާމަ ކުރަމުން އަންނައިރު، އެ ގައުމުގައި ޕަބްޖީ މަނާކޮށްފާނެތީ އެކަމާއި އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އެބަދެއެވެ.

އަދި ޕަބްޖީ މަނާކޮށްފިނަމަ ކަންތައް ކުރާނެ ގޮތަކާއި މެދުވެސް ބައެއް ފަރާތްތަކުން މީސް މީޑިއާ މެދުވެރިކޮށް ހިޔާލު ފާޅު ކުރަމުން އެބަ ދެއެވެ. އެގޮތުން ބައެއް މީހުން ވަނީ ޕަބްޖީގެ ކުރިން ނެރެފައިވާ ގޭމްތައް އަލުން ކުޅެން ފަށަންވީ ކަމަށް ބުނަމުންނެވެ. އެ ގޭމްތަކުގެ ތެރޭގައި ލެފްޓް ފޯ ޑެޑް، ކޯލް ފޯ ޑިއުޓީ، ވައިސީޓީ ފަދަ ގޭމްތައް ހިމެނެއެވެ.

މީސް މީޑިއާގައި އިންޑިއާގެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، އެއް ބަޔަކު ބުނަމުން ދަނީ ޕަބްޖީ މަނާކޮށްފި ނަމަ މުޒާހަރާވެސް ކުރަން ފަށާފައެވެ.އަދި އަނެއް ބަޔަކު ފޯންގެ ވީޕީއެން ސާވިސް އެހެން ގައުމަކަށް ބަދަލުކޮށްގެން ކުޅެން ފަށާނެކަމަށް ދަނީ ބުނަމުންނެވެ.

އަދި އިންޑިއާގެ ރާޖްޕުޓްގެ ފުލުހުން ޕަބްޖީ މަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެއެވެ. އެގޮތުން އެ މީހުން ގޫގުލްގެ އެހީތެރިކަންވެސް ހޯދުމަށް އެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕަބްޖީއާ ގުޅޭގޮތުން އިންޑިއާގެ އެއްވެސް ކޯޓަކުން އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން އެ ގޭމް އިންޑިއާގަައި މަނައެއް ނުކުރެވޭނެއެވެ. އަދި ޕަބްޖީ މަނާ ކުރަނީ ކޮން ސަބަބަކާއި ހުރެ ކަން އެއްވެސް ބަޔަކަށް ދެއްކިފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.