އުނދޯލި ހެއްލުމަކީ އާންމުކޮށް އުފަލަކަށް، ފޫހިފިލުވާލުމަށް ކުރާ ކަމެކެވެ. އެހެން ނަމަވެސް ނިއު ޒިލޭންޑްގެ ޗާލީ އޯބްރައިންއަށް އުނދޯލި ހެއްލުންވީ ޖެލެންޖަކަށެވެ. އޭނާ އުނދޯލި ހެއްލީ ރެކޯޑު ފޮތަށް އެރުމަށެވެ. އެކަން އޭނާ ހާސިލްވެސް ކުރިއެވެ.

މެދުކެނޑުމެއް ނެތި، 33 ގަޑިއިރު ވަންދެން ޗާލީ އުނދޯލި ހެއްލި އިރު، އޭނާ އެކަން ކުރީ ހުއްޓުމެއް ނެތިއެވެ. މެދު ކެނޑުމެއްނެތި، އުނދޯލި ހެއްލި ޗާލީ، އެއްވެސް ވަރަކަށް މެދު ކަނޑައެއް ނުލައެވެ. ހުއްޓުމެއް ނެތި އުނދޯލި ހެއްލުމުގެ ސަބަބުން ހޮޑުލެވި ކަމެއް ވެދާނެތީ، އޭނާ ބަރާބަރަށް ބޭސް ބޭނުން ކުރިއެވެ. އަދި ހަކަތަ ހިފެހެއްޓީ ޖިންޖާ ނަޓް ބިސްކޯދު ކައިގެންނެވެ.

ޗާލީ 33 ގަޑިއިރު ނިންމާލި އިރު، އޭނަގެ ބައެއް ގުނަވަންތައް އައްސިވެފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ނޭ ކުލަ އަރާ، ވަރަށް ބޮޑަށް ގައިގެ ގުނަވަންތަކަށް ނޭދެވޭ އަސަރު ކޮށްފައިވެއެވެ. ޗާލީ މުގުރާލީ 2013 ވަނަ އަހަރުގެ ރެކޯޑެކެވެ. އެ ރެކޯޑަކީ އޮސްޓްރޭލިއާގެ އަންހެނަކު ހަދާފައިވާ ރެކޯޑެކެވެ.

 

ކިޔުންތެރިންގެ ހިޔާލު