ކުޑަކުދިންނަށް ޚާއްސަކޮށްގެން އިންޑިއާގައި ނެރުނު ފޮތެއްގައި، ދުނިޔެދުށް އެންމެ އަނިޔާވެރި ލީޑަރުންގެ ތެރޭގައި ހިމެނޭ އެޑޮލްފް ހިޓްލަރާއި މިޔަންމާގެ ހައްދުފަހަނައަޅާފައިވާ ލީޑަރު ސަން ސޫކީ، ބަތަލުންގެ ގޮތުގައި ސިފަކޮށްފައިވާތީ ގިނަ ބަޔަކު ހިތްހަމަނުޖެހިއްޖެއެވެ.

"ލީޑަރސް"ގެ ނަމުގައި ނެރެފައިވާ މި ފޮތް ވިއްކުމަށް "ގްރޭޓް ލީޑަރސް"ގެ ނަން ބޭނުންކޮށް އެ ފޮތް ލިއުނު ލިއުންތެރިޔާ އޭނާގެ ވެބްސައިޓުގައި ފޮތުގެ ފޮޓޯ ޢާންމުކޮށް ޝާއިއުކޮށްފައި ވާއިރު، ހިޓްލަރާއި ސޫކީގެ އިތުރުން ދެން އެ ފޮތުގެ ކަވަރ ފޮޓޯއިން ފެންނަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އިންޑިއާއަށް މިނިވަންކަން ހޯދައިދިން މަހަތުމާ ގާނދީގެ އިތުރުން ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެޤައުމުގެ ޤައުމީ ބަތަލު ނެލްސަން މަންޑޭލާއެވެ.

އިންޑިއާގެ ކަމާއި ބެހޭ އިދާރާތައް މެދުވެރިކޮށް ފާސްކޮށްގެން 112.50 ރުޕީސްއަށް ވިއްކާ މި ފޮތުގައި، އޭގައިވާ ހުރިހާ ލީޑަރުން ހަމަހަމަކޮށްފައިވާތީ އެކަމާއި އިންޑިއާގެ އިތުރުން އެ ލީޑަރުން ނިސްބަތްވާ ޤައުމުތަކުގެ ލިއުންތެރިންނާއި ޢާންމު ބައެއް ފަރާތްތަކުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ނަމަވެސް މިކަމާއި ގުޅިގެން މި ފޮތް ލިއުނު ލިއުންތެރިޔާ އަދި އިންޑިއާގެ ރަސްމީ އިދާރާއަކުންވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ ދަރިވަރުން ކިޔަވަމުންދާ ސްކޫލްތަކުގެ ޓެކްޓް ފޮތެއްގައިވެސް މީގެ ކުރިން ހިޓްލަރަށް ތަޢުރީފުކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. އޭރުގައި ޓެކްސްޓް ފޮތްތައް ލިޔެ ފާސްކުރާ އެޤައުމުގެ ރަސްމީ އިދާރާގެ ވެރިޔަކަށް ހުންނެވީ މިހާރުގެ ބޮޑުވަޒީރު މޯދީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫމޫ

    ޒަމާނުއްސުރެ ފެށިގެން (ހާއްސަކޮށް މިޒަމާނުގަ) އިންޑިޔާގައި އެންމެ ނުފޫޒުގަދަ ލީޑަރު (ގެރިއެއްގެ) ފޮޓޯނެތީމަ މިހުރީ ހައިރާންވެފަ.މޯދީގެ ފޮޓޯ ނަގާފަ އެތަނަށް ގެރިއެއްގެ ފޮޓޯ ލާންފެނޭ....

  2. ޖެނެރަލް

    ރ.ޔާމީން ގެ ނަން ވެސް އިތުރު ކުރަން ފެނޭ

  3. މަލް

    ރާއްޖޭގެ ވެރިއަކައް މިހާރު ހުރީ ހިޓްލަރައްވުރެ ޖައްބާރު ވެރިއެް

    • ބިޝާމް

      އަސްލުވެސް ދޯ

    • ނަޝީދު

      ހިޓްލަރަކީ ކާކު ކަން ނޭންގެންޏާ ހިޓްލަރާ ރައީސް ޔާމީން އެއްވަރު ނުކޮށްބަލަ. ކައޭގެ ފެންވަރެއް ނޫނޭ އެއީކީ ބްރޯ..

  4. Anonymous

    ސޫކީ ނޫން އެއްމެން ވެސް އޯކޭ ދޯ.މަ ދެކޭގޮތް.

  5. ހެޔޮބަސް

    ރ.ޔާމީން މިބައިގައި ނުހިމެނޭނެ އެގޮތަށްދެކިލައްވާފަރާތަކުން އެގޮތަށް ދެކިލައްވަނީ އޭގައި ހަގީގަތެއް ވާތީއެއްނޫން އެފަރާތުގެ ހިތުގައިވާ ހަސަދަވެރިކަމެއްގެ
    ސަބަބުން ކަމުގައިދެކެން ދިވެހި ދަރިއަކަށްވެހުރެ ހިޓްލަރާއި،މިފަދަ ހަމައެއްލަމައެއްނެތް
    މުޖިރިމުންގެ ލިސްޓްގައި ރ.ޔާމީންގެ ނަންފުޅު އިތުރުކުރަން ފެންނަކަމަށް ކޮމެންޓްކުރައް
    ވާފައިވާތީ ލަދުގަނެން

  6. ހޫނު

    މިތަނަށް ރާއްޖެއިން އެކަުކު ލައްވަނިކޮށް ރަނގަޅުވާނެ!