ކަތިލުމަށްފަހު ހަތަރު ގަޑިއިރު ފަހުން އޫރެއްގެ ސިކުނޑީގެ އެއްބައި ދިރުވިފައިވާ ކަމަށް އެެމެރިކާގެ ސައިންސްވެރިން ބުނެފިއެވެ.

ޔޭލް ޔުނިވަރސިޓީގެ ސައިންވެރިންގެ ޓީމުން މި ދިރާސާއަށް އޫރު ކަތިލާ ތަނަކުން ބައްތިރީސް އޫރު ހޯދާފައިވެއެވެ. މި ހޯދުމުގެ ސަބަބުން އަލްޒައިމަރ ފަދަ ބަލިކަށް ދިރާސާ ހެދޭނެ ކަމަށް ވެސް ސައިންވެރިން ވަނީ ބުނެފައެވެ.

މި ޓީމުންމަސްނޫއީ ލޭ ސިކުނޑިއަށް ފޮނުވޭ ގޮތަށް މި ސިކުޑިތައް ބަހައްޓާފައި ވަނީ ސިކުނޑީގެ ވަށައިގެން ހުންނަ ގޮތަށެވެ. މިހެން ހެދުމުން ސިކުނޑިއަށް އޮކްސިޖަން ލިބި ސިކުނޑީގެ ސެލްތައް މަރުވުން ހުއްޓުވޭނެއެވެ.

އޫރު ކަތިލިތާ ހަތަރު ގަޑިއިރަށްފަހު އެ ގުނަވަންތައްވަނީ ޔޭލް ޔުނިވަރސިޓީގެ މި ޓީމުން އުފައްދާފައިވާ ސިސްޓަމަކާއި ގުޅާލާފައެވެ.

ސައިންވެރިން ބުނާ ގޮތުން މި ދިރާސާއިން ސިިކުނޑީގެ ސެލްތައް މަރުވުން ހުއްޓުވައިލެވިދާނެއެވެ. އަދި ސިކުނޑީގެ ބައެއް ގުޅުންތައް އަނބުރާ އިއާދަވެސް ކުރެވިދާނެއެވެ.

ސައިންވެރިންގެ މި ދިރާސާގެ ނަތީޖާއިން ސިކުނޑި މަރުވާ މީހުނަށް ފަރުވާ ކައިރި މުސްތަގު ބަލެއްގައި ހޯދިދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޯމާ

    ތިއަށް އަލުން ދިރުވުމޭ ނުކިޔޭނެ. އެހެންނޫނީ ކަނޑުން މަހެއް ބާނާ، އޭތި މަރުވުމަށް ފަހު މަސް ކަޑާ އެއަށް ލޮނުކޮޅެއް އެޅުމުން އެ ތެޅިގަތީމަ އެއަށްވެސް ކިޔޭނީ އަލުން ދިރުއްވުމޭ. ސިކުނޑި ދިރުވުމުގެ ސައެންސް ކިތަންމެ ކުރިއަރައިގެން ދިޔަސް އިންސާނެއްގެ ސިކުނޑި ތިގޮތަށް ދިރުވުމަށްފަހު އޮންނާނީ ކޯމާއެއްގަ, ދުވަހަކުވެސް ހެއެއްނާރާނެ. ފަހަރެއްގަ ތިސައެންސްސާއި ގުނަވަންތައް ޓްރާންސްޕްލާންޓު ކުރުމުގެ ސަބަބުން އުމުރު ދިގުވެދާނެ. ނަމަވެސް މަރުން ސަލާމަތެއް ނުވެވޭނެ.

    6
    5