ކާފަގެ ތިޖޫރީގައި ހުރި 30 ހާސް ޑޮލަރު ދޭން ބުނުމުން، އެކަމަށް އިންކާރު ކުރުމުން، ކާފަގެ މަރާލި މައްސަލައެއް އެމެރިކާގެ އެޑްވާސައިލްގައި ފެންމަތިވެއްޖެއެވެ.

ކާފަގެ ތިޖޫރީގައި ހުރި ފައިސާ ހޯދަން ކާފަ މަރާލާފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. މިކުއްޖާގެ ކާފަ މަރާލާފައިވަނީ އިތުރު ތިންް މީހުންގެ އެހީގައެވެ. އެއީ 2 ފިރިހެނުންނާއި އަންހެން ކުއްޖެއެވެ. އެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 16 އަހަރުގެ ކުއްޖާއާއެކު، އެކުއްޖާގެ ކާފަ މަރާލުމަށް ހަރަކާތްތެރިވެފައިވަނީ އޭނާގެ ލޯބިވެރިޔާއާއި ދެ ރަޙްމަތްތެރިން ކަމަށެވެ.

އަދި މިކަންކޮށްފައިވަނީ ލޯބިވެރިޔާގެ އެދުމުގެ މަތިން ކަމަށް މިކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

16 އަހަރުގެ ކުއްޖާގެ ކާފަ މަރާލާފައި އޮއްވާ ފެނުނީ މަރާލިތާ 4 ދުވަސް ފަހުންނެވެ. ކާފައަކީ ވަކިން ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެއް ކަމަށް ވުމާއެކު، ކާފަގެ މަރުވުމުން އާއިލާއަށް ނޭނގުނީ ކަމަށް ފުލުހުން ބުނެއެވެ. ކާފަ މަރާލާފައިވަނީ ގޯލްފް ގުޅޭ ދަޑިއަކުން ހަމަލާދީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމީލާ

    ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ދަރިން ޤުރުބާންކޮށް އެދަރިންލައްވާ ބޮޑަތި ފާފަތައްކުރުވަން ޖެހެލުންނުވި ބަފާ އަދިވެސް އެހުރީ ދިރި. ވީމާ މިއީ އާކަންތައްތަކެއް ނޫނެވެ. ފައިސާއާ ޖާހުގެ އެދުމުގައި ގިނަ އިންސާނުންނަކީ ގޮތެއްފޮތެއް ހުރި ބަޔެއްނޫނެވެ.