މަޝްހޫރު ވާހަަކަލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަނަސް ހަމަ ލޯބިވޭ"ގެ މައްޗަށް ތައްޔާރުކުރާ ސީރީޒް އެހެނަސްގެ ޓްރެއިލާ ނެރެފިއެވެ. އެތައް ބަޔަކު އެ ޓްރެރިއިލާ ބަލައިފިއެވެ. "ރަނޑު ފިރިހެނެއް"ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރުމަށް ހަމަޖެހިފައިވާ އެ ސީރީޒްގެ ޓްރެއިލާގައި ފުރަތަމަވެސް އިވެނީ ޝީލާ ނަޖީބް (ޝަކީލާ)ގެ ގިސްލުމުގެ އަޑެވެ.
"ޝިނާޒްއަކަށް ނުވިސްނޭނެ ގައިމު ތީ އަހަރެންގެ ބަނޑުން ވިހެއި ތިން ކުދިން ވިއްޔާ" ޓްރެއިލާގެ ފުރަތަމަ ޑައިލޮގުވެސް ވަރަށް އަސަރުގަދައެެވެ. ޝަކީލާގެ ވާހަކަތަކުން އެނގެނީ އޭނާގެ ތިން ދަރިން އަބަދުވެސް ކޯޅުމެއްގައި އުޅޭ ކަމެކެވެ. އާއިލާ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމެވެެ.
"މަންމަ ކައިރީ ކިތަށް ފަހަރު ބުނަނީ މިހަރަ ރަނޑާލިއެތިގަނޑު ބޭރަށް ނެރެގެން ނުވާނެއޭ"، ފިލްމްގެ މެއިން ކެރެކްޓާ ވިޝާލް (ނިޔާޒް) އާ ދިމާލަށް އެއްޗެހި ކިޔައިގަންނަނީ އޭނާގެ ބޭބެ ޝާރިފް (ޝިނާޒް)އެެވެ. އެކަން ހުއްޓުވުމަށް ޝަކީލާ މަސައްކަތް ކުރެއެވެ.
މިއީ ޓްރެއިލާގެ ފެށުމެވެ. ޓްރެއިލާ ތެރޭގައި ޓިކްޓޮކް އިން މަޝްހޫރުވެގެން ދިޔަ ޝަރާ (ޝަޒޫ) ފެނިގެން ދަނީ ނިޔާޒްގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޝަޒޫ އާއި ނިޔާޒްއާ ދެ މީހުން ދެމެދު ހާއްސަ ގުޅުމެއްވާކަން އެ ޓްރެއިލާއިން އެނގެއެވެ.
ގޭގެ ތެރޭގައިވެސް ނިޔާޒްއަށް ފުރައްސާރަކޮށް އޮފީސް މާހައުލުގައިވެސް އޭނާއާ ދިމާލަށް އެއްޗެހި ކިޔަމުންދާކަން ޓްރެއިލާއިން ހާމަވެއެވެ. އަދި އެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދަނީ މީހެއްގެ ފަރާތުން ޖިންސީ އަނިޔާތަކެއް ނިޔާޒްއަށް ލިބެމުންދާތީ އާއި ހުރިހާ ތާކުން އޭނާއަށް ކުރަމުންދާ ޖެއްސުމާއި، އަނިޔަގެ ސަބަބުންނެެވެ.
މި ޓްރެއިލާ ނިމޭއިރު، ފާހަނަ ތެރޭގަައި، މަސީހު (ރަޔާން)ގެ ރުޅިގަނޑު ބާލާ މަންޒަރު ފެނިގެން ދެއެވެ. އޭނާ އެ ރުޅި އައިސްގެން އެއްޗެހިކިޔަމުން ދަނީ ކީއްވެކަމެއް ޓްރެއިލާއަކުން ނޭގެއެވެ. ޔަގީނުންވެސް ސީރީޒް ބަލަން ފެށުމުން މި ސީރީޒް ވާނުވާ ވަރަށް ރަނގަޅަށް ހާމަވާނެއެވެ.
މިއީ ގަނާ ކުރުން އާއްމުވެފައިވާ މި މުޖުތަމައުއަށް ހާއްސަ މެސެޖްތަކެއް ދޭނެ ސީރީޒްއަކަށް ވަނެއެވެ. އަދި މި ސީރީޒް ބަލަން ފެށުމުން މުޖުތަމައުގައި މިފަދަ ކަންކަން އާއްމުވެފައިވާ ވަރާއި، ގަނާގެ ސަބަބުން މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާ ގޮތް ހާމަވާނެއެވެ.
"މި ސީރީޒް އަކީ ކުޑައިރުންސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާނެ ސީރީޒްއެއް"މި ސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫގް ވިދާޅުވިއެވެ.
https://www.facebook.com/EhenasSERIES/videos/583851828786210/?v=583851828786210
މިއީ ދެ ސީޒަނަކަށް ބަހާލައިގެން ދައްކަން ނިންމާފައިވާ ސީރީޒްއެކެވެ.
ސީރީޒްއިން ފެނިގެންދާ ތަރިންގެ ތެރޭގައި
ވިޝާލް (ނިޔާޒް)
ޝަރާ (ޝަޒޫ)
ޝީލާ (ޝަކީލާ)
މަނިކް (ޒާހިރު)
ޝަމާނާ (ނީނާ)
މަސީޙު (ރަޔާން)
ޔުނާން (ހަމިއްޓެ)
ޝާރިފް (ޝިނާޒް)
ސިލްނާ (ލީޒާ)
ނަދީހް (ފަރޭ)
މަރިޔަމް (ޒިދޫ)
ޔާމީން (ޝާމިން)
އުސާމް (މާފިޒް)
މި ސީރީޒް ވަރަށް އަވަހަށް ނެރޭނެކަމަށް ޓީމުން ބުނެއެވެ. އެހެން ނަމަވެސް ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. "އެހެނަސް" މި ސީރީޒް ބެލޭނީ ބައިސްކޯފު އެޕްލިކޭޝަނުންނެވެ.
އޮހް ތީމަގޭ އެންމެގިނައިން ލިޔާ ނަން ''' އެހެނަސް ""
މި ވާހަކަ ކިޔާލަން ލިބޭނިީ ކޮން ވެބްސައިޓަކުންތަ؟