ބޮޑެތި ރިއަލިޓީ ޓީވީ ޝޯތަކުން ފިލްމީ ދާއިރާއިން، އޭނާގެ ނެށުމުގެ ހުނަރުގެ އިތުރުން އެކްޓު ކުރުމުގެ ހުނަރުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދައިފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން އޭނާގެ އަމިއްލަ މޭކަޕް އެޕްލިކޭޝަން އެއް ތައާރަފް ކުރަން ނިންމައިފިއެވެ.

ސަނީ އޭނާގެ އަމިއްލަ ކޮސްމެޓިކްސް ބްރޭންޑް "ސްޓަރ ސްޓްރަކް" ލޯންޗް ކުރިތާ މިހާރު ހަތަރު ދުވަސް ވެފައިވާއިރު މި ބްރޭންޑް އަށް އޭނާގެ ފޭނުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ފޭނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ ސަނީ ވަނީ އޭނަގެ އަމިއްލަ މޭކަޕް އަށް ހާއްސަ ޑިޖިޓަލް މޭކަޕް އެޕްލިކޭޝަން އެއް ތައާރަޕް ކުރަން ނިންމާފައެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މޭކަޕާއި ބެހޭ ތަފާތު ގިނަ މައުލޫމާތު ލިބޭ އިރު, މި އެޕްކިލޭޝަން މެދުވެރިކޮށް ސަނީ އާއި ފޭސް ޓު ފޭސް ވާހަކަ ދެއްކޭނެއެވެ.

އުމުރުން މިހާރު 36 އަހަރުގެ ސަނީ ލިއޯން ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ރިލީޒްވި ތުރިލަރ ފިލްމު "ޖިސްމު 2" އިންނެވެ. އެއަށްފަހު ސަނީ ވަނީ ބޮލީވުޑްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ސަނީ ބުނީ ބޮލީވުޑަށް މުޅިން ފިޓު ނުވި ނަމަވެސް، މިހާރު ގިނަ ބަޔަކާ ދިމާވި އެކުގައި މަސައްކަތް ކޮށްލާނެ ރަނގަޅު ބަޔަކު ލިބިފައިވާ ކަމަށެވެ.

"އޭކް ޕަހޭލީ ލީލާ", "ކުޗް ކުޗް ލޯޗާ ހޭ" އަދި " ވަން ނައިޓް ސްޓޭންޑް" ފަދަ ފިލްމްތަކުން ސަނީ ވަނީ ބޮޑު މަޝްހޫރު ކަމެއް ހޯދައިފަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ނަން ވިދާލި އެއް ފަންނާނަކީ ވެސް ސަނީ ލިއޯނެވެ.