މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ފުލުހުން ބޮލީވުޑްގެ ތަރި ވަރުން ދަވަން އަށް ގުޅި އޭނާ ޓްރެފިކަށް މަޑުކޮށްގެން ހުއްޓާ ފޭން އަކާއެކު ސެލްފީއެއް ނެގި މައްސަލައެއްގައެވެ. މިފަހަރު އަނެއްކާ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތައިގެން ފުލުހުންނާއި ހަމައަށް މައްސަލަ ވަނީ ގެންގޮސްފައެވެ. މި ފަހަރު އެ މައްސަލާގައި ބެދިފައި ވަނީ ބޮލީވުޑްގެ ތަރި ކުނާލް ކެއްމޫއެވެ.

ފުލުހުންނާއި ހަމައަށް އޭނާގެ މައްސަލައެއް ގޮސްފައި ވަނީ މަގުމަތީގެ ގަވާއިދުތަކަށް ނުހިތާ، ހެލްމެޓް ނާޅާ ސައިކަލް ދުއްވުމުންނެވެ.

އެކަމާއި ގުޅިގެން އޭނާ މީސް މީޑިޔާގައި މައާފަށްެވެސް އެދުނެވެ.

"އަހަންނަށް މި ފޮޓޯ ފެނިފައި ވަނީ. އަހަރެން ސައިކަލް ދެކެ ވަރަށް ލޯބިވޭ. އަދި ކޮންމެ ދުަވަހަކުވެސް ދުއްވަން/ އެއީ ހެލްމެޓް އަޅައިގެން. ކިތަންމެ ކައިރިއަށް ނުވަތަ ދުރު ހިސާބަކަށް ސައިކަލް ދުއްވާފައި ދިޔަޔަސް އަސްލު ޖެހޭނީ ހެލްމެޓް އަޅައިގެން އުޅެން. މިކަމަށް މައާފަށް އެދެނެް". ކުނާލް ލިޔުނެވެ.

ކުނާލްގެ އެ ޓުވީޓާއެކު މުމްބާއި ފުލުހުން އޭނާއަށް ދިނީ އިންޒާރެކެވެ.

"ކަލޭ ލޯބިވަނީ ސައިކަލު ދެކެ. އަަހަރެމެން ބޭނުންވަނީ ރައްޔިތުންނަށް ރައްކާތެރިކަން. އަަހަރުމެން ހީކުރަން ތި ކުރެވުނު ގޯސް ކަމެއްކަން ދެން ފަހަރަކުން ވިސްނޭނީ އެކަން ކުރުމުގެ ކުރިންނޭ". ފުލުހުން ޖަވާބުދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު