ދާދިފަހުން ބޮލީވުޑަށް ނުކުތް ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމު "ސޮނޫ ކީ ޓިޓޫ ކީ ސްވިޓީ" 100 ކުރޯޑް ހޯދައި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ކާމިޔާބު ފިލްމުގެ ޝަރަފު ހޯދައިފިއެވެ.

ލަވް ރަންޖަން ޑައިރެކްޓްކޮށް، ބުހުޝާން ކުމާރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ރިލީޒްކޮށްފައެވެ.

ރިލީޒްކުރިތާ ތިން ހަފްތާ ތެރޭ، މި ފިލްމަށް ވަނީ 82.1 ކޮރޯޑް ލިބިފައެވެ. އަހަރުގެ ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި "ސޮނޫ ކީ ޓިޓޫ ކީ ސްވީޓީ" ވެފައިވާއިރު، މިހާތަނަށް ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވަނީ ސަންޖޭ ލީލާ ޑައިރެކްޓްކޮށް، ޖެނުއަރީ މަހު ރިލީޒްކޮށްފައިވާ ފިލްމު "ޕަޑްމާވަޓް"އެވެ. މި ފިލްމު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ވެފައިވަނީ 286.24 ކްރޯޑް ހޯދައިފައިވާތީއެވެ.

ލަވް ރަންޖަން ކުރިންވެސް ޑައިރެކްޓަކޮށްފައިވާ ބޮލީވުޑް ފިލްމެއް ކަމުގައިވާ "ޕިޔާރުކީ ޕަންޗްނާމާ" ގެ ހަމަ މި ކާސްޓުންނާއެކީ ތައްޔާރުކޮށްފައިވާ "ސޮނޫ ކީ ޓިޓޫ ކީ ސްވީޓީ"އަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީ މުޅި ޓީމް ދަނީ ފާހަގަ ކުރަމުންނެވެ.

އިންޑިޔާގެ ޚަބަރުތައް ބުނާގޮތުން، މި ފިލްމުގެ ކާމިޔާބީއަށް ފަހު، މިހާރު މި ފިލްމުގެ ޕްރޮޑިއުސާރ ބުހުޝާން ކުމާރާއި ޑައިރެކްޓަރު ލަވްރަންޖަން މިދަނީ އިތުރު މި ފަދަ ފިލްމްތަކެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު