ދެ މީހަކު ވެގެން ވެންޑިންގ މެޝިނެއް ވަގަށް ނަގައިގެން ގެންގޮސްފިއެވެ،

އެެމެރިކާގެ ސްޓޭޓެއްކަމަށްވާ އޮކްލަހަމޯ ސިޓީ ފުލުސް ޑިޕާޓްމެންޓުން ވަނީ އެ މީހުން ވެންޑިންގ މެޝިން ވަގަށް ނަގަން މަސައްކަތް ކުރާ ވީޑިޔޯއެއް ޔޫޓިއުބުން ޢާންމުކޮށްފައެވެ.

އެ ވީޑިޔޯއިން ފެންނަނީ އެންމެ ފުރަތަމަ މީހަކު އައިސް އެ ވެންޑިންގ މެޝިން ކައިރިއަށް ގޮސް އެއްޗެއް ގަނެގެން ބޯލާ މަންޒަރެވެ. އެއިރު އެތާ އެ ވެންޑިންގ މެޝިންގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ޕިކަޕެއް ބާއްވާފައި އޮތެވެ.

އެ މީހާ ދިޔުމުން އެ ޕިކަޕުން ދެ މީހަކު ނުކުމެ، ވެންޑިންގ މެޝިން އުފުއްލުމަށްފަހު ޕިކަޕުގެ ފަހަަތަށް އަރުވާ މަންޒަރު ފެނެއެވެ.

އެ މީހުން ތިބީ މޫނު ފޮރުވައިގެންނެވެ. އަދި އެއީ ކޮން ބައެއްކަން ފުލުހުންނަށް މިހާތަނަށް ދެނެގަނެވިފައިނުވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިކަމުންވެސް އެނގެނީ ވަގުން ކޮންމެފަދަ އެއްޗެއްވެސް ވަގަށް ނަގާން ފަސްނުޖެހޭނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ އާރިފް

    ފަސޭހަކަމާ އެކީގަ ގެންދެވެންޏާ ހަމަ ކޮންމެފަދަ އެއްޗެއްވެސް ގެންގޮސްދާނެ، އޭ.ޓީ.އެމް އެއްވެސް ބަހަށްޓަބަލަ އެގޮތަށް، ފަހަތަށް އެނބުރިލާފަ ދެން ބަލާލާއިރަކު ނުހުންނާނެ.