ކުޑަ ކުއްޖަކު ކާރުބާރު ބޮޑު މަގެއްގެ މަތީގައި ޓްރައިސައިކަލް ދުއްވަމުން ދަނިކޮށް ސަލާމަތްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެއީ ތިން އަހަރުގެ ފިރިހެން ކުއްޖެކެވެ. ޗައިނާގެ ޒެޖިއަންގ ޕްރޮވިންސްގެ މަގުމައްޗެއްގައި މި ކުއްޖާ ޓްރައިސަކަލް ދުއްވަމުން ދިޔައީ މަގުގެ އެންމެ ބާރު ބޮޑު ވަގުތުގައެވެ.

މިހާރު މީސް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯއިން ފެންނީ އެ ކުޑަ ކުއްޖާ މަގުމަތީގައި އެ ޓްރައިސައިލަކުގައި ދާއިރު، ވަރަށް ކައިރިން ދުއްވާ އެއްެޗެހިތައް ދާ ތަނެވެ.

މިގޮތަށް އެ ކުއްޖާ ދަނިކޮށް އޭނާ ސަލާމަތުގެ އައްސޭރިޔަކަށް ގެންގޮސްފައި ވަނީ މަގުމަތިން ކާރެއްގައި ދެމަފިރިޔެކެވެ. އެ ވީޑިޔޯއިން ފެންނަނީ ފިިރިހެން މީހާ އައިސް އެ ކުއްޖާ ހުއްޓުވާފައި އެ ކުއްޖާ ދުރަށް ޖައްސާ މަންޒަރެވެ.

އަދި އެ ދެމަފިރިން ވަނީ އެ ކުއްޖާ ފުލުހުންނާއި ހަވާލުކޮށް، ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާ ވަނީ އޭނާގެ މައިންބަފައިންނާއި ހަވާލުކޮށްފައެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާތަކުގެ ރިޕޯޓްތައް ބުނާގޮތުގައި، ޗައިނާގެ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަހަރެއްގެ މައްޗަށް 10000 ކުދިން މަރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު