މީގެ 21 އަހަރު ކުރިން އެމެރިކާގެ އަންހެނަކު ރޭޕްކޮށް މަރާލިކަން ސާބިތުވެ އެމެރިކާގެ އިންޑިއާނާގެ މީހެއްގެ މައްޗަށް 115 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އުމުރުން މިހާރު 61 އަހަރުގެ ޖޮނީ ޖޯނަސްގެ މައްޗަށް ރޭޕްގެ ކުތް ސާބިތުވީ އޭނާގެ ޑީއެންއޭ ތަހުގީގުން ކެނާޔާ އެޑްވާޑް ރޭޕް ކުރިކަން އެގުމުންނެވެ.

ޖޮނީ ޖޯނަސްގެ މައްޗަށް ރޭޕް ކުރުމުގެ ސަބަބުން އިއްވީ 65 އަހަރުގެ ހުކުމެކެވެ. އަދި އެއަށްފަހު އަންހެން މީހާ މަރާލި މައްސަލަ ސާބިތުވުމުން ވަނީ 50 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޖޮނީ ޖޯނަސް ރޭޕް ކޮށް މަރާލި ކެނާޔާ އެޑްވާޑް ގެ އޮޓޮޕްސީއެއް 2009 އަހަރު ވަނީ ހަދާފައެވެ. މި މައްސަލަ 2015 ވަނަ އަހަރާއި ހަމައަށް ވެސް އެއްވެސް ކުރިއެރުމެއް ނުލިބި ވަނީ ދިގުލާފައެވެ.

1998 އަހަރު ހިންގި މި ރޭޕްގެ މައްސަލަ ޖޮނީ ޖޯނަސްގެ މައްޗަށް މިހާރު ސާބިތުވެފައިވާއިރު އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި ޖޮނީ ޖޯނަސް ވަނީ ކެނާޔާ އެޑްވާޑް އެކި ފަހަރުމަތިން ރޭޕްކޮށް އަނިޔާކޮށް ފައެވެ.

115 އަހަރުގެ ޖަލު ކުހުމެެއް ޖޮނީ ޖޯނަސްގެ މައްސަކަތެއް މައްޗަށް އިއްވިނަމަވެސް އެހާ ދިގު މުއްދަތަކަށް އޭނާ ދިރިހުންނާނެ ކަމަށް ނުބެލެވެއެވެ.