އަމިއްލައަށް މަރުވި މީހަކާއި އެކު ސެލްފީ ނެގި ޗިކާގޯ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

އެ ފުލުސްމީހާ މި ޢަމަލު ހިންގާފައި ވަނީ ޗިކާގޯގެ ހޮސްޕިޓަލެއްގައި އަމިއްލައަށް މަރުވި އުމުރުން 46 އަހަރުގެ ފިރިހެންމީހާގެ ހަށިގަނޑު އިތުރު ތަހުޤީޤަށް ބާއްވާފައި އޮއްވައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފުލުސް އޮފިސަރު ވަނީ މަރުވެފައި އޮތް މީހާއަށް ޖިންސީ ގޯނާވެސް ކޮށްފައެވެ. އެގޮތުން އޭނާ ބަރަހަނާ ކުރުމަށްފަހު އޭނާގެ ގައިގައި އަތްލައި އޭނާގެ ލަދުވެތި ގުނަވަނުގެ ފޮޓޯ އެ ފުލުސްމީހާގެ ފޯނުން ނަގާފައިވާ ކަމަށް ވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެ އޮފިސަރުގެ މައްޗަށް، މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދަޢުވާ ކޮށްފައިވާއިރު އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޗިކާގޯގެ ކަމާއި ބެހޭ އިދާރާތަކުން މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤުކުރަމުންދާއިރު، އެ ފުލުސްމީހާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ދިގު މުއްދަތެއްގެ ޖަލު ޙުކުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

މި ޢަމަލު ހިންގި ފުލުސް އޮފިސަރަކީ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާތާ 10 އަހަރު ވެފައިވާ ފުލުހެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ެއަބުދުއްސަލަަމް

    މަރުވެފަވެސްދުލެއްނުކުރެ

  2. މ

    ޔާﷲ..
    ވަރަށް ދެރަ