ގިނަހިލައަކުން ޖެހި ދުނިޔެ ހަލާކުވެގެންދާނެ ކަމަށް ދެކެވޭ ވާހަކަ ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށް ނާސާގެ އިސް ބޭފުޅެއް ކަމަށްވާ ޖިމް ބްރެޑެންސްޓައިން ބުނެފިއެވެ.

ނާސާގެ ޕްލެނެޓަރީ ޑިފެންސް ކޮންފަރެންސް ފެށުމުގެ ގޮތުން ޖިމް ދެއްކި ވާހަކައިގައި އޭނާ ބުނެފައި ވަނީ ދުނިޔެއާ ދިމާއަށް ދަތުރުކުރާ ގިނަހިލަތަކުގެ އިންޒާރުތައް ނާސާއިން ދިނުމުން ގިނަ ފަހަރަށް އެ އިންޒާރުތަކަށް އިހުމާލުވެވޭ ކަމަށެވެ. އެހެން ނަމަވެސް ގިނަހިލަ، ދުނިޔޭގެ އެކިއެކި ތަންތަނަށް ވެއްޓުމަކީ އާންމު ކަމެއް ކަމަށްވެސް ޖިމް ބުނެފައިވެއެވެ.

ޖިމް ބުނެފައި ވަނީ ނާސާއިން ދުނިޔޭގެ ސަލާމަތަށް ގިނަ ކަންތައްތަކެއް ތަހުގީގުކުރަމުންދާ ކަމަށާއި، ހާއްސަކޮށް ގިނިހިލަތަކުގެ މިސްރާބާއި ސްޕީޑް އަބަދުވެސް އެންމެ އަވަހަށް ދެނެގަނެވޭތޯ މިހާރުވެސް މަސައްކަތް ކުރާ ކަމަށެވެ. މިއަދު ފެށި ކޮންފަރެންސްގައި ތަހުލީލު ކުރުމަށް ހަމަޖެހިފައި ވަނީ ދުނިޔެއާ ދިމާލަށް ބާރަށް ދަތުރުކުރާ އެކިއެކި ގިނިހިލަތަކުން ރައްކާތެރި ވެވޭނެ ގޮތްތަކުގެ މައްޗަށެވެ. ވަކިން ހާއްސަކޮށް، ނިއުކުލިއާ ހަތިޔާރު ފަދަ ހަތިޔާރު ބޭނުން ކޮށްގެން އެފަދަ ގިނިހިލަތައް ނައްތާލެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށްވެސް ނާސާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާއްޓެ

    ނާސާއިން ދައްކާ ވާހަކަ އެއްކައިރީ ބާއްވަބަލަ
    ހަތް އުޑުމަތިން ﷲ ސުބުހާނަހޫ ވަތަޢާލާ އެންގެވި ކަންކަމަށް ސަމާލުވެ ތިބެންވީ

    20
  2. Abdul Latheef

    ގިނި ހިލަޔަކުން ޖެހި ދުނިޔެ ފަނާވެގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބާވައިލެއްވި ފޮތާ އެފޮތުގެ ތަރުޖަމާ ކަމުގައިވާ ނަބިއްޔާގެ ޙަދީސް ފުޅުތަކުން އަހަރުމެނަށް ސާބިތުވޭ. ދެން މީކޮން ހޮޅިވާހަކައެއް ދައްކާ ސައިންޓިސްޓެއްތަ؟

    17
    1