މީސް މީޑީގައި ހާއްސަކޮށް ފޭސްބުކް ގައި މިހާރު ދައުރުވަމުންދާ މި އަންހެން ކުއްޖާގެ ފޮޓޯ އާއި އޭނާ ފެނިގެންދާ ވީޑިއޯ ދައުރު ވަމުންދާއިރު، މި ކުއްޖާގެ ކަތި ނަޒަރުން އެތައް ބަޔަކު ވަނީ ދީވާނާކޮށްލާފައެވެ.

ލަވައެއްގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑު ކުރުމާއި އެކު 20 ގަޑިއިރު ތެރޭގައި ވަނީ އެއް މިލިއަން ވިއުސް ހޯދާފަ އެވެ. މި ލަވަޔަށް ކިޔަނީ "މަލަކިޔާ މަލަރިއާ ޕްރުވީ"އެވެ. އަދި މި ލަވަ ކިޔާފައިވަނީ ވިނީތް ސިރިނިވާސަން އެވެ.

ޕްރިޔާ ޕްރަކާޝް ވާރިއާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާއަކީ މަލިޔާލަމް ފިލްމު އެކްޓްރެސް އެކެވެ. މި ވީޑިއޯއަކީ އަންނަ މާޗު މަހު ރިލީޒްކުރާ "އޯރޫ އަދާރް ލަވް" ކިޔާ މަލެޔާލަމް ފިލްމެއްގެ ލަވަޔަކުން ނަގާފައިވާ ވީޑިއޯއެކެވެ. އެތައް ބަޔަކަށް މި ވީޑިއޯ ކަމުގޮސްގެން ޝެއަރ ކުރަމުންދާއިރު، ފިލްމް "އޯރޫ އަދާރް ލަވް" ވެގެންދާނީ ސުޕަހިޓަކަށް ކަމަށް ފިލްމުގެ ޓީމުން ބުނެފައި ވެއެވެ.

https://m.youtube.com/watch?v=MzPoqQ9DvpQ

މި ވީޑިއޯ އަކީ އޭނަގެ ފުރަތަމަ ފިލްމުގެ ޓްރެއިލާގެ ބައެކެވެ. މި ފިލްމަކީ "ހައި ސުކޫލް ލަވް ސްޓޯރީ" އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މީސް މީޑިއާގައި ހާއްސަކޮށް ފޭސްބުކްގައި ދައުރުވަމުންދާ މި ވީޑިއޯގައި ފެންނަނީ ފިރިހެން ކުއްޖާ، މި އަންހެން ކުއްޖާއާ ދިމާއަށް ބަލާމުމަށްފަހު އެއް ބުމަ އަރުވާލާ މަންޒަރެވެ. އެއާއެކު ފަހަތުން އެ އަންހެން ކުއްޖާވެސް އެއްވެސް ފަސްޖެހުމެއް ނެތި އޭނާއަށް ރައްދުގައި ދެބުނަ އަރުވައި ޖާދޫވީ ހިނިތުންވުމަކުން ހީލާ މަންޒަރު ފެނެއެވެ.

މީސްމީޑިއާގައި އެކި ދުވަސްވަރު ޓްރެންޑު ވާނީ އެކި ކަހަލަ ކަންކަން ކަމުގައިވާއިރު، މިފަހަރުގެ މި ވީޑިއޯއިން ގިނަ ބަޔަކު ކުރިން ނުދަތަސް، ވީޑިއޯއިން ފެންނަ މި ދެ ތަރިން، ޚާއްސަކޮށް އަންހެން ކުއްޖާއަށް މިހާރު ވަނީ ވަނީ އެތައް ބައެއްގެ ފޭނަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    "ޚާއްސަކޮށް އަންހެން ކުއްޖާއަށް މިހާރު ވަނީ ވަނީ އެތައް ބައެއްގެ ފޭނަކަށް ވެފައެވެ."
    އަންހެން ކުއްޖާ އެތައްބައެއްގެ ފޭނަކަށްވީ ދޯ؟
    ނަސީބެއްނު އެތައްބަޔަކު އަންހެން ކުއްޖާގެ ފޭނުންނަށް ނުވިކަން.

  2. ޭރާނީ

    ފިރިހެން ބިޓު ވަރަށް ލޯބި. އަދި ދުވަހަކުވެސް އެހާ ހޭންޑްސަމް ފިރިހެން ބިޓެއް ނުފެނޭ.... ފުރަތަމަނަޘަރުން މި ހިތް ކުދި ކުދި ވެއްޖެ......