މަރަން ޙުކުމްކޮށްފައިވާ ބޮޑެތި ކުއްވެރިންގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި ވިހަ ގޭސް ބޭނުންކުރުމަށް އެމެރިކާގެ އޮކްލަހޮމާ ސްޓޭޓުގައި ތައްޔާރުވާން ފަށައިފިއެވެ.

އޮކްލަހޮމާގެ ކަރެކްޝަންސް ޑިޕާޓްމަންޓުން މިގޮތަށް މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ނިންމާފައިވަނީ، ލީތަލް އިންޖެކަޝަން ބޭނުންކޮށްގެން ކުއްވެރިން މެރުމަކީ މާ ވޭންހުރި ގޮތެއް ކަމަށް ބުނެ ބައެއް ޖަމާޢަތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

މި ނިންމުމާއި ގުޅިގެން މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ ޙުކުމް ތަންފީޒުކުރާނީ އިންސާނުންނަށް ގެއްލުންހުރި ނުރައްކާތެރި ވިހަ ގޭހެއް ކަމަށްވާ "ނައިޓްރޮޖެން" ގޭސް ބޭނުންކޮށްގެންނެވެ. ދުނިޔޭގެ ވައިގެ ބޮޑު ބައެއް ހިއްސާކުރާ ނައިޓްރޮޖެން ގޭހަކީ ވިހަ ގޭހެއް ނަމަވެސް، އިންސާނުން ނޭވާލުމަށް ބޭނުންކުރާ އޮކްސިޖަން ވައިގެ 21 އިންސައްތައިގައި ހިމެނޭތީ ނައިޓްރޮޖެންގެ ނުރައްކާ ނޭވަލުމުގައި އިންސާނުންނަށް ކުރިމަތި ނުވެއެވެ. އެހެން ނަމަވެސް ހަމައެކަނި ނައިޓްރޮޖެން އިންސާނާގެ އެތެރެހައްޓަށް ގޮސްފިނަމަ ވަގުތުން ހަށިގަނޑާއި ފުރާނަ ވަކިވެދާނެއެވެ.

އޮކްލަހޮމާގައި މަރަން ޙުކުމް ކޮށްފައިވާ މީހުންގެ ޙުކުމް ތަންފީޒު ކުރާނީ، އޮކްސިޖަން ނުލިބޭ ޓިއުބެއްގެ ތެރެއަށް ކުއްވެރިޔާ ލުމަށްފަހު ނައިޓްރޮޖެން ގޭސް އެކަނި ބަންދުކޮށްފައިވާ އެ ޓިއުބުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިކަމުގެ ސަބަބުން ކުއްވެރިޔާގެ ފުއްޕާމޭގައިވާ އޮކްސިޖަން އިސާހިތަކު ހުސްވެ ނައިތްރޮޖެން ގޭސް ފުއްޕާމޭގެ ތެރެއަށްގޮސް ސިކުންތުކޮޅެއްގެ ތެރޭގައި މަރުވެދާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ހުއްޓޭނީ ސިކުނޑިއެވެ.

މިގޮތަށް މަރަން ހުކުމް ކޮށްފައިވާ މީހުން މެރުމުން އެމީހުންނަށް އެއްވެސް ތަދެއް ނުވަތަ ވޭނެއް އިހުސާސެއް ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ޢާންމުގޮތެއްގައި މިހާރު ބޭނުންކުރާ ލީތަލް އިންޖެކްޝަނަނާއި ޚިލާފަށް މިއީ އެއްވެސް ބޭހެއް ބޭނުން ނުކޮށް ކުއްވެރިޔާ މެރުމަށް ޢަމަލުކުރެވިދާނެ ގޮތެއް ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އޮކްލަހޮމާގައި މީގެ ކުރިން މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ ޙުކުމް ތަންފީޒުކޮށްފައިވަނީ ކަރަންޓު ގޮންޑީގައި ކުއްވެރިޔާ ބޭންދުމަށްފަހު ބާރުގަދަ ކަރަންޓެއް އޭނާގެ ހަށިގަނޑުގައި ޖައްސައިގެންނެވެ. ނަމަވެސް ޢާންމުންގެ ގިނަ ޝަކުވާތަކަށްފަހު، 1977 ގައި އެގޮތަށް ކުއްވެރިން މެރުން ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުމުދު

    ދަން ޖައްސާ މަރާލާ ގިނަބަޔަކަށް ފެއްނަގޮތަށް އޭރުން ތިކަމުން އެހެން މީހުން ބިރުގަނެ ނަތީއްޖާއެއް ނުކުންނާނީ

  2. އެންޓޫއޯ

    އަހަރުމެން މި ނޭވާލާ ވައިގަ ގިނަވާނީ ނައިޓްރޮޖަން....

  3. ސ

    ދެން ދިވެހިރާއްޖޭގައި މަރުގެހުކުމް ތަންފީޒުކުރަން ބުނެލާއިރައް ކޯޗެކޭމިމީހުން ކިޔާނީ

  4. ސަމްސު

    ރާއްޖޭގައި މަރުގެ ހުކުމް ވާހަކަދައްކާ އިރަށް މިމީހުންގެ ފަޔަށް ހިނިއަރަންފަށާނެ.