މުޖުތަމަޢުގައި ދުވަސްވަރާއެކު އާއްމުވާ ކަންކަން އޮވެއެވެ. މިސާލަކަށް ތަފާތު ފެޝަންތަކާއި ތަފާތު އެޕްތަކެވެ. މީގެ ތެރެއިންވެސް ޓިކްޓޮކަކީ ދިވެހިންގެ ތެރޭގައި މާ ގަދަޔަށް ދެވި ހިފި އެއްޗެކެވެ.

ހަމަގައިވުމެސް 35 އަހަރުން މަތީގެ 10 ފަރާތެއްގެ ފޯން ޗެކް ކޮށްލިއިރު، ޓިކްޓޮކް އެޕްލިކޭޝަން އިންސްޓޯލްކޮށްފައި އިނެއެވެ. މިހެންކަމުން މިއީ ހަމައެކަނި ދިވެހި ޒުވާނުންގެ މެދުގައި އެކަނި މަޤްބޫލު އެޕެއް ނޫންކަން އެނގެއެވެ. ނަމަވެސް މިއީ ބޮޑު "ވަބާ" އެކެވެ. އެކަމުން ސަލާމަތް ނުވެވިފައި އޮތް ކަމެކެވެ.

ސުވާލަކީ ރައްޓެހިވެގެން އުޅޭ ކުއްޖާ އެއްކޮށް ގައިގޯޅިވެގެން މަޝްހޫރު ލަވަތަކަށް އެކްޓްކޮށް އެ ޝެޔަރކޮށް ލުމުން ލަދުވެތިކަމާއެކު އެބަލަންތިބީ އެމީހުންގެ އެއްބަޑު އެއްބަފާ ބޭބެއިން ކަން ހަމަ ނުވިސްނެނީހެއްޔެވެ؟ ގިނަ ވިއުސްތަށް ލިބިގެން އެމީހާގެ ފާފައިގެ ތިލައަށް އެބަރުކުރެވެނީ ކިހާ މިންވަރެއްކަން ވިސްނާލެވޭ ހެއްޔެވެ؟ ޒުވާން އަންހެންކުދިން އެމީހުން ވަނާތަަށް ފާޅުކޮށްލަނީ ނަރަކައިގެ ހޫނުކަން ނޭނގޭތީހެއްޔެވެ؟

ކޮންމެޔަކަސް ރޯދަ މަހަކީ އަޅުކަމުގެ މައްސަރެވެ. މިހެންކަމުން ރޯދަ މަހު މިފަދަ އެޕްތަކުން ސަލާމަތްވާންޖެހެއެވެ.

އަދި އެއްވާހަކައެވެ. އެޕްލިކޭޝަން ބޭނުން ނުކުރާނަމަ ނުފެންނާނެއޭ ބުނާ މީހުންނަށް ވާހަކައެއް އެބައޮތެވެ. ނޫނެކެވެ. މުޅި ފޭސްބުކްގައިވެސް އޮތީ ތިބުނާ ޓިކްޓޮކް ވީޑިއޯތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާކިން

    އޭރުން ރޯދަ މަހު އެހެރަ ފަލަ އަންހެން ކުދިންތައް ނުބަލާ އުޅެންވީ. ރޭގަނޑު ޓިކްޓިކް ބެލޭ ގިތަށް ހަދާ