ވަކި ކަހަލަ ބޭހެއް ބޭނުން ކުރުމުން، އެއިޑްސް ފެތުރުމަށް މެދުވެރިވާ ވައިރަސް ކަމަށްވާ އެޗްއައިވީ ނުފެތުރޭ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

އެންޓައިޓްރޮވޯރިއަލް ޑްރަގްގެ ނަމުން ނަންދީފައިވާ މި ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އެޗްއައިވީ ވައިރަސް އެއިޑްސް ޖެހިފައި ހުންނަ މީހެއްގެ ހަށިގަނޑުން އެހެން މީހެއްގެ ހަށިގަނޑަށް ދައުރެއް ނުކުރެއެވެ.

ޔޫރަޕްގައި މި ޑްރަގް ބޭނުން ކޮށްގެން 1000 މީހުންވަނީ ޓެސްޓްކޮށްފައެވެ. މި ޑްރަގް ބޭނުން ކުރުމަށްފަހު، އެ މީހުން ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކާއެކު އެއްދާން ކުރެއެވެ. އެއްދާން ކުރި ނަމަވެސް އެޗްއައިވީ ވައިރަސް އަނެކާ ގަޔަށް ނާރާ ކަމަށް ތަޙްލީލްތަކުން ހާމަވެއެވެ.

ލަސެންޓް މެޑިކަލް ޖާނަލްގައި ޝާއިރުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ، އެޗްއައިވީ ވައިރަސް ހަށިގަނޑުގައި ހުރި ހުރިހާ އެންމެންނަށް މި ޑްރަގް ދެވިއްޖެނަމަ، އެއިޑްސް އިތުރަށް ފެތުރެމުން ދުރުވާނެ ކަމަށެވެ. ނަމަވެސް އެއިޑްސްގެ އަލާމާތް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ އަހަރުތަކެއް ފަހުން ކަމުން، މިގޮތަށް އެއިޑްސް ކޮންޓްރޯލް ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ 37 މިލިއަން މީހުންނަށް މިހާރު ވަނީ އެޗްއައިވީ ޖެހިފަ އެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އެޗްއައިވީ ފެންނަން ފެށި ފަހުން އޭޑްސް ބަލީގައި މިހާތަނަށް ވަނީ 35 މިލިއަން މީހުން މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަބާބު

    އެހެންވެ މަބުނަނީ ހުރިހާ ބައްޔެއްގެ ފަރުވާ އަހަރެމެންގެ ފޮތްތަކުގައި ހުންނާނެޔޭ. ރަނގަޅަށް ބަލާށޭ

    4
    3
    • މޯލްޑިވިޔަން

      އިބްނު ތޭމިޔާ އެހެން ބުނި