ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައިވާ ގުރަހަ (ޕްލެނެޓް) ތަކުގެ ތެރެއިން ދުނިޔެ ނޫން އެހެން ގުރަހައަކަށް އިންސާނުން ފޮނުވުމަށް ސައިންސްވެރިން ގިނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ. އެގޮތުން ދުނިޔެ އާއި އެންމެ ގާތުގައިވާ މިއްރީޚު (މާސް) އަށް އިންސާނުން ފޮނުވުމުގެ ގޮތުން ކުރިޔަށްގެންދާ ޚާއްސަ މިޝަނެއްގެ ވާހަކަ ނާސާގެ ސައިންސްވެރިން ކުރިންވެސް ދިޔައީ ދައްކަމުންނެވެ. އެ މިޝަނުގެ ދަށުން 2050 ވަނަ އަހަރު އިންސާނުން މިއްރީޚުއަށް ފޮނުވުމަށް އެފަރާތްތަކުން ތައްޔާރުވަމުން ދިޔަނަމަވެސް މިހާރު ވަނީ މިޝަން އަވަސްކުރުމަށް ނިންމާފައެވެ.
ނާސާގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި އެ އިދާރާއިން މިހާރު ދަނީ މިއްރީޚަށް އިންސާނުން 2033 ވަނަ އަހަރުގައި ފޮނުވުމަށް މަސައްކަތްކޮށް މިޝަން އަވަސް ކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ މިޝަންގެ ކުރިން ކުރިޔަށްގެންދާން ނިންމާފައިވާ ހަނދަށް އިންސާނުން ފޮނުވުމުގެ މިޝަންވެސް މި ބަދަލާއި އެކު މިހާރު ވަނީ އަވަސްކުރަން ޖެހިފައެވެ.
ނާސާއިން ބުނެފައިވާގޮތުގައި، ހަނދަށް އިްނސާނުން ފޮނުވުމަށް ކުރިޔަށްގެންދާ މިޝަން ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވިއްޖެނަމަ، މިއްރީޚަށް އިންސާނުން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިޔަށް ގެންދެވިދާނެ އެވެ. އަދި އެގޮތުން އެ މަސައްކަތްތައް ނިމި ކުރިޔަށްއޮތް 15 އަހަރުގެ ތެރޭގައި އެހެން ގުރަހައަކަށް ފުރަތަމަ ފަހަރަށް އިންސާނުން ފޮނުވުމުގެ ވާހަކަތަކުގައި ހަޤީޤީ ކުލަ ޖެއްސިދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.
މި ވާހަކަތަކާއި ގުޅޭގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް މައިކް މެންސް ވަނީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ދާތަން ބަލަން ބޭނުންވާކަމަށް ބުނެފައެވެ.
ހަނދަށް އިންސާނުން ފޮނުވާ މިޝަންގައި އެންމެ އިސްކަމެއް ދޭނީ ދުނިޔެ އިން ބޭރުގައި އިންސާނުން ތަފާތު މާހައުލެއްގައި އުޅުމާއި ގުޅޭގޮތުން ހޯދާ ހޯދުންތަކަށެވެ. އަދި ލޫނާ ސައުތް ޕޯލްގައި ފޮނުވިފައިވާ ސައިންސްގެ ގިނަ ހޯދުންތައް ހޯދުމަކީވެސް އެ މިޝަނުގެ މުޙިންމު އެއް ބޭނުމެވެ.
އިންސާނުން މިއްރީޚުއަށް ފޮނުވުމަށް ޚާއްސަ މަސައްކަތްތަކެއް ނާސާއިން ކުރަމުންދާއިރު، އެ އިދާރާއިން މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން އެ ގުރަހައަށް ރޮބޮޓް ފޮނުވާފައެވެ. އެގޮތުން އެންމެ ފަހުން އެ ގުރަހައަށް ފޮނުވާފައިވާ "ކިއުރިއޯސިޓީ ރޯވާ" އިން މިހާރު ވެސް ދަނީ ގުރަހައިގެ ގިނަ ތަހުލީލުތަކެއް ކޮށް ދުނިޔެއަށް އެ ގުރަހައިގެ މަންޒަރުތައް ފޯރުކޮށްދެމުންނެވެ.
ތިޔަ ތަނަށް މުސްލިމަކު ނުގެންދާތި. އުޅެފައި މުސްލިމު ވިޔަސް އަވަހަށް ބޭރުކޮށްލާތި. އަމާން ތަނަކަށް ތި ގުރަހަ ހަދަން ބޭނުންނަމަ.
1 އަދި 2 ވަނަ ބޮޑު ހަނގުރާމައިގައި އެއްޤައުމު އަނެއްޤައުމާ ހަނގުރާމަކޮށް އެތަކެއް މިލިއަނުން މިލިއަނުން މީހުން މަރާފައިވަނީ ކާފަރުން. އިސްލާމީ ޝަރީޢަތް ޤާއިމު ކޮއްގެން ނޫނީ އަމާންކަމެއް ނޯންނާނެ، މީހުން މެރުމާ، ވައްކަމާ، ކޮރަޕްޝަން ހުއްޓުވޭނީ ﷲގެ ޝަރީޢަތައް ރުޖޫޢަވެގެން. އަމާންކަމާ ޞުލްޙަމަސަލަސްކަމުގާ ދުނިޔެ އޮތީ އިސްލާމީ ޚިލާފަތުގެ ދުވަސްވަރު.