އާނއެކެވެ. އެ ކުއްޖާ އެހެން އެންމެންނާއި ވަރަށް ތަފާތެވެ. އެ ތަފާތުކަން އޭނާއަށް ބަލާލުމުންވެސް އިނގެއެވެ. އެއްވެސް މީހަކު އޭނާއަށް ހަދިޔާއެއް ނުދެއެވެ. ކުޑަމިނުން އެއްވެސް ކުއްޖަކު އޭނާއާ އެކީ ކުޅެ ހަދާކަށް ބޭނުމެެއް ނުވެއެވެ. ގެ ކައިރީ އުޅޭ އަވައްޓެެރިން އެ މައުސޫމް ކުއްޖާއަށް ގޮވަނީ "ސިހުރުވެރިޔާ" ނަމުންނެވެ. އާއިލާ ތެރޭގައި އޮންނަ އެކި ހަފްލާތަކުގައި އެ ކުއްޖާ ބައިވެރިނުވެ އޮންނަނީ ގޭގެ އެނދުމަތީގައެވެ. އެ ކުއްޖާއަކީ ކެންސަރު ބަލީގެ އެންމެ ފަހު ސްޓޭޖް ގުނަމުން އަންނަ ކުއްޖެކެވެ.

ޕާކިސްތާނަށް ނިސްބަތްވާ އެ ކުއްޖާގެ މަންމަ ބުނީ، އޭނާއަށް އަަންހެން ކުއްޖެއް ލިބުނު އިރުން ފެށިގެން ފިރިމީހާގެ އާއިލާ އިން އޭނާއާ މެދު ވަރަށް ބޮޑަށް ނަފްރަތުވި ކަމަށެވެ. އެ މީހުން ބޭނުންވެގެން އުޅުނީ ފިރިހެން ކުއްޖެކެެވެ.

އުމުރުން އެންމެ އަހަރެއްވެފައިވާ ލައިބާއަށް އެ މީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ.

ލައިބާ އުފަންވިއިރު އެއްވެސް ކަހަލަ އުނިކަމެއް ނެތެވެ. އެހެން ނަމަވެސް އުމުރުން އެންމެ ހަ މަހުގައި ވައަތު ފައިގާ ފާޑެއްގެ އެއްޗެއް ނަގަން ފެށީއެވެ. ވަގުތުން ލައިބާ ގެ ކައިރީ ހުންނަ ކްލިނިކަކަށް ދެއްކިއެވެ. އެހެން ނަމަވެސް އެ ޑޮކްޓަރުންނަށްވެސް އެ ވާގޮތެއް ނޭނގުނެވެ.

ފިިރިމީހާގެ ފަރާތުން އަޅާލުން ލިބުނަސް އެ އާއިލާ ފާތިމާ އަށާއި، އޭނާގެ ދަރިފުޅަށް ނަފްރަތު ކުރެއެވެ. އަދި ލައިބާ އޮތްހާ ހިނދަކު އެގެއަށް ނުވެދެވޭނެކަމަށް ވަނީ ބުނެފައެވެ.

ލައިބާއަށް ފަރުވާ ހޯދަން އެކި ހިސާބުތަކަށް ދަތުރުކޮށް އުޅުމުގެ ތެރޭގައި ފިރިމީހާގެ ވަޒީފާވެސް ގެއްލުނެވެ.

މިހާރު އެ އާއިލާ އުޅެމުން ދަނީ ފަތިމާގެ ބައްޕަގެ ގޭގައެވެ. އެގޭގައި އުޅެމުން ކެންސަރު ހޮސްޕިޓަލުން ލައިބާއަށް ދަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން އެނގުނު ގޮތުގައި، ލައިބާ ހަނގުރާމަ ކުރަމުން ދަނީ ކެންސަރު ބައްޔާއެވެ.

އެ ތުއްތު ލައިބާ ހަނގުރާމަ ކުރަމުން ދަނީ މަދުން ނުފެންނަ ކެންސަރު ބައްޔެއްކަމަށް ޑޮކްޓަރުން ބުނެއެވެ. ލައިބާއަށް އެއް އަހަރުވީ މިއަދުއެވެ. ލައިބާއަށް ދެ އަހަރުވާއިރު އޭނާ ދުނިޔޭގައި އޮންނާނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

"އަހަރެންގެ މުޅި އާއިލާ އެދެނީ އެ ދަރިފުޅު ދޫކޮށްލަން. އަހަންނަ އެކަމެއް ނުކުރެވޭނެ. އެއީ އަހަންނަށް ލިބުނި ހަދިޔާއެއް". އެ ކުއްޖާގެ ބައްޕަ މުހައްމަދު ސާދިގް ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިޔާ

    އެންމެފަހުޖުމްލަ ވަރަށް އަސަރުގަދަ. އެކުއްޖާއީ ކަޑައެޅިގެން ޞޯދިގަށް ލިބުނު ނިޢުމަތެއް.

    • މީ

      އަސްލުވެސް....އެކުއްޖާއަށްވެސް ﷲ ދެއްވެވީ ރަނގަޅު އޯގާތެރި މަންމައަކާއި ބައްޕައެއް.އެއީވެސް އެކުއްޖާއަށްޓަކައި ލެއްވި ރަޙްމަތެއް.

  2. މ

    އިންޝާﷲ ޝިފާ ދެއްވަވާށި އާމީން