މިއީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގެ ރަށެއްގައި ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މި ވާހަކައަކީ ހާދިސާ ދިމާވި ފަރާތުގެ ގާތް ތިމާގެ މީހަކު ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ސަބަބުތަކަށްޓަކައި މި ވާހަކައަށް ވާނީ ކޮންމެވެސް ވަރަކަށް ބަދަލު ގެނެވިފައެވެ.
އަހަންނަކީ ޒުވާން އުމުރުގައި ކާމިޔާބު ފިރިހެނަކީމެވެ. ޒުވާން އަންހެނުންކުދިންގެ ހިތްތައް ފަތަހަ ކުރުމަކީ އަހަންނަށް "އެއްވެސް ކަމެއް" ނޫނެވެ. އަހަންނަކީ ރީތި ފިރިހެނެއް ކަމަށްވެސް އަހަރެން ގަބޫލުކުރަމެވެ. އެއީ އަހަރެން އެހާ ކާމިޔާބުވުމުގެ އަސްލު ކަމުގައި ދެކެމުން ދިޔައީމެވެ. އެހެންކަމުން އަހަރެން ދިޔައީ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުންނެވެ.
އެތައް އަންހެން ކުދިންނެއް އަހަރެންގެ ދިރިއުޅުމަށް އައެވެ. އެތައް ކުދިންނަކާއި ރައްޓެހިވީމެވެ. އަދި ބައެއް ކުދިންނާއެކު ކުރަން ނުޖެހޭ ކިތަންމެ ކަމެއް ކުރެވިފައި ހުންނާނެއެވެ. އޭގެ ހިތި ނަތީޖާ އަހަންނަށް ލިބުނީ، އަހަރެން އުތުރުގެ އަތޮޅަކަށް ކުރި ދަތުރެއްގައި ދިމާވި އަންހެނަކާއެކު ބޭއްވި ގުޅުމަކަށް ފަހުއެވެ.
ރަހުމަތްތެރިއެއްގެ އެދުމުގެ މަތިން އަހަރެން އެ ރަށަށް ދިޔައީ ތިން ދުވަހަށެވެ. އެރަށަށް ދިޔަ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުގައި އަޅައިގަތް އެ އަންހެނާގެ އަވައިގައި ޖެހި އަހަރެން "ދީވާނާ"ވާން ގިނައިރުތަކެއް ނުނެގިއެވެ. ތިން ދުވަހަށް ދިޔަ ދަތުރު ތިން އަހަރަށް ބަދަލުވީއެވެ. އަނބުރައި ރަށަށްދާންވެސް ބޭނުން ނުވީއެވެ.
އެ ދަތުރު ދިޔަ ގޮތަށް މާގިނަ ދުވަހެއް ނުވަނީސް އެ އަންހެނާ އާއި އަހަންނާ ކައިވެނި ކުރެވުނެވެ. އަހަންނާއިއެކު ދަތުރުދިޔަ ގާތް ރަހުމަތްތެރިޔާގެ ނުރުހުމުގައެވެ. އެ ރަހުމަތްތެރިޔާ އެކަމާއި ނުރެހެނީ ކީއްވެކަމެއް އޮޅުނފިލުވާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އެއީ އެ އަންހެނާ އާއި އަހަރެން ކައިވެނި ކުރުމުގައި ކޮންމެވެސް ވަރެއްގެ މަޖުބޫރުކަމެއް އޮތުމާއިވެސް އެކުގައެވެ.
އަހަންނާއި އެ އަންހެނާއި ކައިވެނިކުރަން ޖެހުނު އަސްލު ސަބަބަކަށްވީ އޭނާ އަހަރެންގެ ދަރިޔަކަށް ބަލިވެ އިނުމެވެ. އެ ލަދުގައި ދެ މީހުންވެސް ބެދެން ބޭނުންނުވާތީއެވެ. އެހެން ނަމަވެސް އޭގެ ނާޖާއިޒް ފައިދާ ނެގީ އެ އަންހެނާއެވެ. އޭނާ ބަނޑުބޮޑެއް ނޫނެވެ. އެއީ އޭނާ އަހަންނަށް އޮޅުވައިލި އޮޅުވައިލުމެކެވެ. އޭނާ ބޭނުންވީ ކޮންމެވެސް ގޮތަކުން އަހަންނާއި ކައިވެނި ކުރާށެވެ.
ކައިވެނީގެ ފުރަތަމަ ރޭ އެ އަންހެން މީހާގެ ހުރި ނުބައި ނުލަފާކަން އޭނާ އަހަންނަށް ދައްކާލިއެވެ. އޭނާއަކީ ސިހުރުވެރިއެއްކަން އަހަންނަށް އެނގުނީ އެރެއެވެ. އޭނާގެ ދަލުގައި އަހަރެން ޖެއްސީ ސިހުރު ހަދައިގެންނެވެ. އެފަދަ ފޮތްތަކެއް ކޮޓަރި ތެރެއިން އަހަރެން ދެކުނީމެވެ. އަދި އޭނާގެ މަންމަ އާއި ބައްޕަގެ އުޅުމާއި ވާހަކަ ހުރިގޮތުންވެސް އެކަން ޔަޤީންކުރެވުނެވެ. އޭނާގެ ބައްޕައަކީ މުޅި ރަށަށް މަޝްހޫރު ސިހުރުވެރިއެކެވެ.
އެގެއަށް އަހަރެން ދިރިއުޅުން ބަދަލުކުރި ހިސާބުން، އަހަރެންގެ އަނބިމީހާ ފުރަތަމަ ކުރި މަސައްކަތަކީ އަހަންނާއި އަހަރެންގެ އާއިލާ ދުރު ކުރުމެވެ. އަދި އެއަށްފަހު އެގެއިން ނުނިކުމެވޭ ގޮތަށް އަހަރެން ގޭގައި ބަންދުކުރިއެވެ. އަދި އެގެއިން ނިކުމެއްޖެނަމަ އަހަރެންގެ ދިރިއުޅުން ވަޅުލެވޭނެކަމަށް އަހަރެންނަށް އޮތީ އަންގާފައެވެ. އެހެންކަމުން ލޯބިވާ ކަމުގައިވާނަމަ ގެއިން ނިކުމެގެން ނުވާނެ ކަމަށް އޮތީ ޝަރުތުކޮށްފައެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް އަހަރެން އެ އުޅުމަށް އާދަވެއްޖެއެވެ. އަހަންނަށް މަނާކޮށްފައި އޮންނަނީ ގެއިން ނިކުތުމެވެ. އަހަންނަށް ލޮތްބާއި އަޅާލުން ލިބެއެވެ. އެ އާއިލާވެސް އަހަންނަށް ހެވެވެ. އެހެން ނަމަވެސް ސިހުރު ހަދާ ބައެއްގެ ކައިރީގައި އުޅެން ޖެހޭތީ އަހަރެން ހުންނަނީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ.
މިގޮތުގައި ތިން އަހަރު އުޅުވިއްޖެއެވެ. މީހާއަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ވާހަކަދައްކާލާނެ މީހަކު ނެތުމުން އުޅެން ޖެހެނީ ބޯހާސްވެގެންނެވެ. މިގޮތަށް އުޅެމުން އައިސް އެއްރެއެއްގެ ދަންވަރު އެގެއިން ނިކުތީ އެއްވެސް ވަރަކަށް އެއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްކަމުގައި ދެކިގެނެއް ނޫނެވެ.
އަހަންނަށް އެގެއިން ބޭރަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. އެ ފިޔަވަޅާއެކު އަހަރެންގެ ބިމުގެ އަޑިއަށް ގަނބައިގަތެވެ. މޫނާއި ހިސާބަށް އޭރު އަހަރެން އޮތީ ވަޅުލެވިފައި ކަހަލައެވެ. އޭގެފަހުން ވީގޮތެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ. އަހަރެން ހޭއެރިއިރު އިތީ އަހަރެން އުޅެބޮޑުވި ގޭގައެވެ. އާއިލާގެ އެންމެންވެސް އޭރު ތިއްބެވެ. އަހަރެންގެ އަންހެނުންނާއި އޭނާގެ އާއިލާ، އިންސާފާއި ކުރިމަތިލާން ޖެހި ޖަލަށް ފޮނުވާލެވުނު ޚަބަރު އަހަންނަށް ލިބުނެވެ.
" މިގޮތަށް އުޅެމުން އައިސް އެއްރެއެއްގެ ދަންވަރު އެގެއިން ނިކުތީ އެއްވެސް ވަރަކަށް އެއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްކަމުގައި ދެކިގެނެއް ނޫނެވެ." ވަޓް އަ ޖޯކް.
އޭނާ މަރެއް ނުވޭ
ސިހުރު ގަބޫލުކުރާމީހުންނަކީ ކަނޑުކޮހުން.
ސިހުރު ގަބޫލު ނުކުރާ މީހުންނަކީ. އިސްލާމް ދީންވެސް ގަބޫލު ކުރާ ބައެއްނޫން. ސަބަބަކީ ކީރިތި ރަސޫލާއަށް ވެސް ސިހުރު ޖެހުނު. ސިހުރަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ އެއްޗެއް.
ޔާމިނާ ކަލޭ ތިބައިން ބޭރުވަނީ.. ތި ބުނެވުނީ ކުފުރުގެ ބަހެއްކަން އިނގޭތަ
އެހެން ވީމަ ކަލޭތީ ކަނޑުކޮހެއް
އަސްލުވެސް މީކޮންކަހަލަ ވާހަކައެއްތަ؟؟ފަހުދުވަސް އެކަމު ހޭއަރައިފި ދިރިއުޅުމުގެ ފަހުދުވހަކީ މަރުވުންދޯ؟ ގަމްރޫސް..ދެންވީގޮތް ކުރުކޮއްލާފަ އެއްލާލީތަ؟؟؟
ސިހުރުވެރިން މީ ތައުބާ ވެސް ގަބޫލުކުރެވޭ ބައެއް ނޫން.. އެންމެ ނުބައި މީހުންގެ ތެރޭގައި ޒިނޭ ކުރާ މީހުން ވެސް ހިމެނެނީ..
އިންސާފަކީ ޖަލަށް ލުންތޯ؟؟
ވަގުތު ޝެއިހުން އެއްޗެކޭ ބުނެބަލަ...
ސިހުރު ޤަބޫލު ނުކުމަކީ މާތްﷲ އަށް އީމާން ނުވެވުން އެކަލާނގެ ވަނީ ޖިންނި ޝއަތޯނިން ލައްވާފަ އަދި ސިހުރާ ހާހުރަހެދުން މަނާ ކުރައްވާފަ ސިހުރަކީ ޝައިތާނީ އަމަލެއް
ސިހުރު ޤަބޫލުނުކުރެވެނީ އުލޫހިއްޔަތާއި ރުޤޫބިއްޔަތަށް އީމާން ނުވާތީ ތިބުނެވެނީ ﷲ ވޮޑިގެންވާކަމަށް ޤަބޫލެއްނުކުރަމޭ ބުނުން ކަހަލަ ބަހެއް އަވަހަށް ތައުބާވެ
....ދިވެހި ވިޗުން ވަރަށް ގިނަ މިހާރު...ސަރުކާރުން ވިޗު ހަންޓެއް ހިންގަން ޖެހޭ!
މިހާރު ވެސް ކޮންމެ މީހަކު ވެރިކަން ނޫނީ ބާރު ހޯދަން ސިހުރުވެރިން ގެންގުޅޭ ވާހަކަ އަޑު އިވެނީ...
ކަލޭ ވާހަކަ ނުލިޔެ ރަށުކޮޅުން އެހެން ކަމަކާ އުޅެންވީނު
ހަހަހަހަހަހަހަހަހަ. ތެދެއް ހަމަ!
ވީގޮތް ނޭންގެ
ޓްރާންސްލޭޓް ކުރޭ
މިވާހަކަ ފައްޓައިގެން އައިރު ވަރަށް ކިޔާހިތްވި ނަމަވެސް ފަހުން ވާހަކަ ގެނަސްފައިވާ ގޮތުން އެހާ ވަރަކަށް ކިޔާ ހިތެއް ނުވި. މިސާލަކަށް "މިގޮތަށް އުޅެމުން އައިސް އެއްރެއެއްގެ ދަންވަރު އެގެއިން ނިކުތީ އެއްވެސް ވަރަކަށް އެއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްކަމުގައި ދެކިގެނެއް ނޫނެވެ." މި މިޖުމްލަ އާއި ނިންމި ޕެރެގްރާފް އާއި ދިމާ ނުވުން އެއީ މައްސަލައެއް. ވާހަކައިގެ މެދު ތެރެ ތަންކޮޅެއް ތަފްސީލް ކޮށްލަ ދިންނަމަ ރީތިވީސް. އެހެން ކަމުން ކުރިއަށް އަންނަ ވާހަކަ ތައް ރަނގަޅުވާނެ ކަމަަށް ދެކެން....
ކީއްވެ ތިބުނަނީ ފެއްޓިއިރު ކިޔާހިތްވިޔޭ. ފަހުން ކިޔާހިތެއް ނުވިޔޭ؟ ފަހުން ނުކީނަމަ ނޭނގުނީސް ދޯ ފަހު ޕެރެގްރާފާއި ގުޅުމެއްނެތް ކަމެއް؟
މޫނާއި ހިސާބަށް އޭރު އަހަރެން އޮތީ ވަޅުލެވިފައި ކަހަލައެވެ. ދެން އަމިއްލަ ގެއަށް ދިޔައީ ކިހެނެތް؟ ސަލާމަތްވީ ކިހެނެތް؟ އާއިލާ މީހުންނަށް އެނގުނީ ކިހެނެތް؟ ވާނުވާ ނޭގޭ
ހިޔާލީ ވާހަކައެއް. މީހުންގެ ޝައުގުވެރިކަން ހޯދަންވިޔަސް ދޮގު ހެދުމުގެ ބޭނުމެއް ނެތެއްނު
މީ ވާހަކައެއްތަ ނޫނީ މަޒުމޫނެއްތަ؟ ސިފަކުރުންތަކުގަ ..... އެއްވެސް ފާޑުވެރިކަމެއްނެއް....
ހެއްވާކަމެއް!
އެފިރިހެނާ އެއްބަސްވެއްޖެ!
ހުރިހާ ފާފައެއް ކުރިކަމައް!
ދެން އެފިރިހެނާއަށް ލިބެނީ ކޮން އަދަބެއް؟
އެ އަންހެނާ ޢާއި ޢާއިލާ ލަނީޖަލައް!
އެއަންހެނާ އަށްވުރެ ފިރިހެނާ ނުބައިވީދޯ!
އެއަންހެނާ ނުބުނޭދޯ ތިމަންނަ އެބުނާ ސިހުރު ކުރީމެކޭ!
އަދި އެއަންހެނާގެ މަންމަ ދުނިޔެއަކު ނުވެސް ނެތް!
ބައްފަ އަކީ ތިބުނާފަދަ އަމަލެއް ކުރާމީހެއްވެސް ނޫން!
ތި ހަމަ އެފިރިހެނާގެ ނުބާކަން!
ދުނިޔޭ އެއްމެން ސެޓުކުރަން މޮޅީ!
އެބުނާ އަންހެނަކު ނުވެސް އިނީތޯއްޗެއް! ލޮލް ލޮލް ލޮލް ލޮލް
މިކަހަލަ ވާހަކަ އެޑިޓު ކޮށް ރީތިކޮށްލަން ފެނޭ