ގިނަ މީހުންނަކީ ވަކި ގަޑިއެއްގައި ނޫނީ ދުވަން ދާން އަދި ކަސްރަތުކުރަން ބޭނުންނުވާ ބައެކެވެ. މިއީ ރަނގަޅު ގޮތެއްކަމުގައިވިޔަސް ހެނދުނު ގަޑީގައި ދުވަން ދާ މީހުންނާއި ރޭގަނޑު ގަޑީގައި ދުވަން ދާ މީހުންނަށް ލިބޭ ފައިދާގެ ފަރަގެއް އެބަ އޮތްހެއްޔެވެ؟ ދުވަން ދާން އެންމެ އަރާމު އެއް ގަޑިއަކީ ފަތިސް ގަޑިކަން އެންމެންވެސް ދަންނާނެއެވެ. ސަބަބަކީ އެއީ އެންމެ ވައި ސާފު، ފިނި ހޫނުމިން އެންމެ ރަނގަޅުވަރެއްގައި ހުންނަ، މަގުމަތި އަމާންވެ މީހުން މަދުވާ ވަގުތަކަށް ވުމެވެ. މިއީ ހުސްވެސް ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެވެ.

ރޭގަނޑު ގަޑީގައި ދުވަން ދިޔުމުން އެހެން ކަހަލަ ފައިދާތަކެއް ލިބިގެންދެއެވެ. ގިނަ މީހުންނަކީ ބުރަ މަސައްކަތް ކުރުމަށް ހެނދުނާއި މެންދުރާއި ހަވީރުގެ ބައެއް ވަގުތުވެސް ހޭދަކުރަންޖެހޭ ބައެކެވެ. ރޭގަނޑު ގަޑީގައި ވަޒީފާއިން ގެޔަށް އައިސް އަރާމުކޮށްލައިގެން ދުވަން ދިޔުމަކީ އޮފީސް ނުވަތަ ވަޒީފާގެ ބުރަކަން ސިކުނޑީގައި ނެތި ސީދާ ކަސްރަތުކުރުމަށް އަދި އޭގެން ލިބޭ މަންފާތައް ހޯދުމަށް ސިކުނޑީގެ ސަމާލުކަން ހުންނާނޭ ވަގުތެކެވެ.

މިފަދަ ވަގުތުތަކުގައި އެހެން ބުރަ މަސައްކަތެއް ކުރިއަށް ނެތްކަން އެނގިހުރެ ކަސްރަތުކުރުމަކީ ސިކުނޑިއަށްވެސް އަރާމުކަމެއް ލިއްބައިދޭ ކަމަކަށް ވެގެންދެއެވެ. ހެނދުނު ގަޑީގައި ގިނަ މީހުން ދުވަން ދަނީ އެބައެއްގެ އަރާމު ނިދި ނަގާލައިފައެވެ. ރަނގަޅަށް ނިދި ނުލިބިއްޖެނަމަ އެއީ މީހާގެ މުޅި ދުވަސް ހަލާކުވެގެންދިޔުމަށްވެސް މެދުވެރިކުރުވަފާނޭ ކަމެކެވެ.

ދުވަން ދާ ބައެއް ފަރާތްތަކުން ވަނީ މިކަން ޓެސްޓުވެސް ކޮށްފައެވެ. އެގޮތުން ހަތް މޭލަށް ދުވާ މީހުން ބުނާގޮތުގައި ވަޒީފާގެ ވިސްނުމެއް ސިކުނޑީގައި ނެތި ދުވުމުން ދުވާ މިންވަރު އަވަސްވެގެންދެއެވެ. ހެނދުނުގެ ގަޑީގައި އަރާމު ނިދި ނަގާލައި އެފަދަ މީހުން ދުވަން ނުދަނީ މިހެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢައިޝަތު

    އަޅެ މި ޚަބަރުން އެނގުނުތަ ދުވަންދާން އެންމެ ރަނގަޅީ ކޮނ ވަގުތެއްކަން.. ހަމަ ތަނަކުން އެއްޗެއް ފެންނައިރަށް ނޫނީ އެންމެ ގިނަބަޔަކު ސަމާލުކަންލިބޭ މައުލޫތަކަށް ރިސާރޗް ނުކޮށް ލިއެލުމަކުން ނުފުދޭ..

    • Anonymous

      ޢެއްވެސް އެއްޗެއް ދޭހައެއް ނުވޭ.