ބޮލީވުޑްގައި މިހާރު އެންމެ ނަން ހިނގާ އެއް އެކްޓްރެސްކަމުގައިވާ އުރްވަޝީ ރޯޓެލާއަކީ އާދަޔާޙިލާފް ތަރިއެކެވެ. އިންޑިޔާގެ ބޮލީވުޑްގައި އޭނާގެ އެކްޓިންގް ހުނަރަށާއި ރީތިކަމަށް މައިގަނޑު ގޮތެއްގައި އުރްވަޝީ ނަން މަޝްހޫރުއިރު އޭނާއަކީ އެހެން އެތައް ހުނަރުތަކެއްގެ ވެރި ފަރާތެއްވެސްމެއެވެ. އުރްވަޝީ އެންމެ ފުރަތަމަ މަސައްކަތްކުރީ މޮޑެލްއެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ އެތައް ޓީވީ އިޝްތިހާރެއްގައި ހަރަކާތްތެރިވެދީ އެތައް ބިއުޓީ ޕެޖެންޓްއެއްވެސް ކާމިޔާބުކޮށްފައެވެ.

އުރްވަޝީ ވަނީ މިސް ޔުނިވާރސްގެ އިންޑިޔާ ޕެޖެންޓް 2012 ވަނަ އަހަރު ކާމިޔާބުކުރުމުގެ އިތުރުން މިސް ޓޫރިޒަމް ކްއީން ޕެޖެންޓްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭޝިޔަން ސުޕާރ މޮޑެލް އޮފް ދަ އިޔާ 2011 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް އުރްވަޝީ ކިޔައިދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ ޝައުގުވެރިވީ އިންޖިނިއަރިންގް ކިޔެވުމަށެވެ. ބަލާބެލުމަށް އިންޖިނިއަރަކާއި އުރްވަޝީ ވައްތަރުނުވާއިރު ކާކުތޯ ހީކުރާނީ އުރްވަޝީ އިންޑިޔާގައި ގައުމީ ފެންވަރުގައި ބާސްކެޓްބޯޅަ ކުޅުނުކަމަށް؟ އެކަމަކު އެއީވެސް ހަމަ ތެދެކެވެ. އުރްވަޝީ ވަނީ އިންޑިޔާގައި ގައުމީ ފެންވަރުގައި ބާސްކެޓްބޯޅަވެސް ކުޅެދީފައެވެ.

އުރްވަޝީ އަކީ އޭގެ އިތުރުންވެސް އާދަޔާޙިލާފަށް ޑާންސްކުރަން މޮޅު ފަރާތެކެވެ. އޭނާ ވަނީ މުޅިއަކު ފަސް ބާވަތެއްގެ ޑާންސްއަކުން މަތީ ފެންވަރުގެ ޓްރެއިނިންގް ހަދައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަތަކް، ބަރަތަނަޓްޔަމް، ޖޭޒް، ބެލީ ޑާންސިންގް އަދި ހިޕް ހޮޕްއެވެ. އެކަމުގެ ހެކި އުރްވަޝީގެ ފިލްމްތަކުން ސާފުކޮށް ފެނިގެންދެއެވެ. އުރްވަޝީ އެންމެ ފުރަތަމަ މިސް ޔުނިވާރސް އިންޑިޔާގެ ތާޖު ކާމިޔާބުކުރި ފަހަރު އޭނާއަށް ޖެހުނީ އެ ތާޖު އަބުރާ ރައްދުކުރާށެވެ. އެހެން ދިމާވީ އޭނާގެ އުމުރު އޭރު ހަމަނުވާތީވެއެވެ. އެހެންނަމަވެސް އޭނާ ވަނީ އޭގެ ފަހުން އަނެއްކާވެސް އެ ތާޖު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެޓޭ

    މަ ހަލާކު!

  2. ބަކުރުބެ

    މަށަށް ނޭނގޭ ތީ ކާކުކަން ވެސް ދެންމެ އަލަށް މިފެނުނީ ތިމީހާ