ކައިވެންޏަކީ ހާޔާތެއްގެ ފެށުމެވެ. އަދި އެއީ ވަރަށްވެސް މަތިވެރި ގުޅުމެކެވެ. ކައިވެންޏަކީ ސިއްހީ ގޮތުންވެސް ދެމެފިރިންނަށް އެތަކެއް ފައިދާއެއް ވާކަމެކެވެ. އެގޮތުން ކައިވެނީގެ ސަބަބުން ލިބޭ ބައެއް ސިއްހީ ފައިދާތަށް ތިރީގައި އެވަނިއެވެ.

ސްޓްރެސް ކުޑަވުން

ކައިވެނީގެ ސަބަބުން ސްޓްރެސް ނުވަތަ މާ ބޮޑަށް ކަންކަމާއި ވިސްނައި ބޯހާސްވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. އެއީ އަބަދުވެސް ތިމާގެ ކަންކަމުގައި ތިމާއަށް އެހީވުމަށް ފިރިމީހާ ނުވަތަ އަނބިމީހާ ހުންނާނެތީއެވެ. އަދި ހަޤީޤީ ލޯބި ފެށޭނީ ކައިވެންޏަށް ފަހުގައި ކަމަށް ވާތީއެވެ.

ބަލިތަށް ޖެހުމުގެ ފުރުސަތު ކުޑަވުން

ކައިވެނި ކުރުމަކީ ތިމާ ބަލިތަކުން ދުރުކޮށްދޭ ކަމެއްވެސް މެއެވެ. އެހެނީ ކައިވެންޏަށް ފަހު ތިމާގެ ކަންކަން ބެލުމަށް އެހެން ފަރާތެއް އަބަދުހެންމެ އުޅޭނެއެވެ. ތިމާއަށް އަޅާލާ ތިމާ ބައްޔެއް ވެއްޖެނަމަ އެކަމަށް އަވަސް ޝިފާއެއް ހޯދުމަށް މަސައްކަތް ކޮށްދޭނެ ދެވަނަ ފަރާތެއް ހުންނާނެއެވެ. އަދި ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަށް ޖެހުމުގެ ފުރުސަތު ކައިވެނީގެ ސަބަބުން ކުޑަވެއެވެ.

ޑިޕްރެޝަން އިން ސަލާމަތްވުން

ޑިޕްރެޝަން އަކީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބައްޔެވެ. އެ ބަލި ޖެހުމަށް މެދުވެރިވަނީ މާބޮޑަށް ދެރަވުމުން ނުވަތަ ހިތާމަކޮށް ކަންކަމާއި ފިކުރު ބޮޑުވުމުގެ ސަބަބުން ނެވެ. ނަމަވެސް ކައިވެންޏަށް ފަހުގައި ތިމާ ދެރަވުމުގެ ފުރުސަތު ކުޑައެވެ. އެހެނީ ކައިވެނީގެ ސަބަބުން އެކަކު އަނެކަމަށް ވާޖިބް ކުރައްވާފައިވާ ކަންތަށްތަކުގެ ސަބަބުންނާއި ކައިވެނީގެ ސަބަބުން އެކަކު އަނެކަކު ދެކެ ވާ ލޯބި އިތުރުވާ ކަމަށް ކަމާބެހޭ މާހިރުން ބުނާތީއެވެ. އެހެނަސް ކައިވެނީގެ ފަހުން ދެމެފިރިންގެ މެދުގައި މައްސަލަ ޖެހެނީ ނަމަ ޑިޕްރެޝަން އަށް މަގުފަހިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މ

    އަލްހަމްދުލިއްލާހި މާޝާﷲ

  2. ޕީޕަލް

    ރަނގަޅު މީހަކާ ޖެހުނީމަ ދޯ.

  3. ޢައިސަ

    ޖެހޭ މީހެއްގެ ސަބަބުން މިހުރިހާ ކަމަކާވެސް ކުރިމަތިލާން ޖެހޭ.