ރަޝިއާގައި އަންހެނަކު މަރާލުމަށް ފަހު އެ އަންހެނާގެ ހިތް ކައްކައިގެން ކެއި މީހަކު ހައްޔަރު ކޮށްފިއެވެ.

އުމުރުން 35 އަހަރުގެ އެލެކްސީ ޔެސްޓްރެބޮވް މަރާލާފައި ވަނީ އެކަޓެރީނާ ނިކިފަރޯވާ ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ އަކީ 10 އަހަރުން ދަށުގެ ދެ ކުދިންގެ މަންމައެކެވެ.

ރަޝިއާގެ ކްރަސްނޮޔާސްކްގައި ހިނގި މި ހާދިސާގައި އެލެކްސީ އެ އަންހެން މީހާ މަރާލީ ކަރަށް ވަޅިން ހަމަލާދީގެންނެވެ. އަދި އޭނާ ވަނީ އެ އަންހެން މީހާގެ ލަގަނޑި ކަރުން ވަކި ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އަންހެން މީހާ މަރާލުމަށް ފަހު އޭނާގެ ހިތާއި ފުއްޕާމޭގެ ވާތް ފަރާތުން ބައެއް ނަގާފައެވެ. އަދި ހިތާއި ފުއްޕާމޭ ކައްކައިގެން ކާން އޭނާ މަސައްކަތް ކުރިއެވެ. ރަޝިއާާގެ ރިޕޯޓުތައް ބުނާ ގޮތުން އެލެކްސީ ވަނީ އަންހެން މީހާގެ ހިތުން ތަންކޮޅެއް ކައިފައެވެ.

އޭނާ ހިންގި އަމަލާ މެދު ފުލުހުން ސުވާލު ކުރުމުން އެލެކްސީ ދިނީ ވަރަށް ފިނި ޖަވާބެކެވެ. އޭނާ ބުނީ އޭނާ އަންހެން މީހާ މަރާލާފައި ހިތް ކެއީ އެކަން ކުރާނެ ކަމަށް އަންހެން މީހާގެ ގާތުގައި ބުނެފައި އޮތުމުން ކަމަށެވެ.

އެލެކްސީ ހައްޔަރު ކުރީ އޭނާ ދިރިއުޅުނު ގޭގެ ވެރިފަރާތަށް ގުޅައި އޭނާ ކުރި ކަންތައް ކިޔައިދިނުމުން އެމީހާ ފުުލުހުންނަށް ގުޅުމުންނެވެ. މިހާރު އޭނާ ހުރީ ފުލުހުންގެ ބަންދުގައި ހައްޔަރު ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު