ޕްރިޔަންކާ ޗޯޕްރާގެ ކޮއްކޮ ސިދާތް ޗޯޕްރާގެ ކައިވެނި ކުރުމަށް މަދު ވަގުތުކޮޅެއް އޮއްވާ އެ ކައިވެނި ކެންސަަލް ކުރިއެވެ. އެ ކައިވެނި ކެންސަލް ކުރުމާއެކު ތުންތުން މަތިން ތަފާތު ވާހަކަތައްވެސް ދެކެވެމުންދިޔައެވެ. އެ ކައިވެނި ކެންސަލް ކުރީ އޭނާ ކައިވެނި ކުރަން އުޅޭ އިޝީތާގެ އޮޕަރޭޝަނެއް ކުރަން ޖެހިގެންކަމަށް ބުނެވެސް ވާހަކަތަކެއް ދެކެދެމުން ދިޔައެވެ.

އެހެން ނަމަވެސް އެންމެ ފަހުން އެކަންވީގޮތް ކިޔާދީފައި ވަނީ ސިދާތްގެ މަންމަ މަދޫ ޗޯޕްރާއެވެ. މަދޫ ބުނީ، ކައިވެންޏަށް ކުޑަތަންވެފައި ވަނިކޮށް އެކަން ކެންސަލް ކުރަން ޖެހުނީ ސިދާތް އޭނާ ކައިވެންޏަށް ތައްޔާރު ނޫންކަމަށް ބުނުމުން ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ސިދާތް ބުނީ، އޭނާ ކައިވެންޏަށް އަދި ތައްޔާރުނޫންކަމަށް. އަދި ވަގުތުކޮޅެއް ބޭނުންވާކަމަށް". މަދޫ ބުނެފައިވާކަމަށް ބައެއް އިންޑިއާ ނޫސްތައް ބުނެއެވެ.

މަދޫ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އެ ކައިވެނީގެ ހަފްލާ ބާއްވާގޮތަށް ހަމަޖެހިފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ސިދާތް އާއި އިޝީތާގެ ކައިވެނި ކެންސަލްވުމާއެކު، އިޝީތާ އިންސްޓަގްރާމްގައި ހުރި ސިދާތްގެ ފޮޓޯތައްވެސް ވަނީ ރިމޫވްކޮށްފައެވެ.

ސިދާތްގެ ކައިވެންޏަށް ޕްރިޔަންކާ އާއި ނިކްވެސް މުމްބާއިއަށް ދިޔައެވެ. އެހެންނަމަވެސް އެ ހަފްލާ ކެންސަލްވުމާއެކު ދެ މީހުންވެސް ވަނީ އެނބުރި ނިއުޔޯކްއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންސާފު

    ޢަސްލުވެސްތަ ؟؟؟؟