އިންޑިއާގެ ކުޑަކުޑަ އަންހެން ކުއްޖެއްގެ ލޮލުން މަރުވެފައިވާ ބައިވަރު ހިނިތަކެއް ފެނިއްޖެއެވެ.

އުމުރުން 11 އަހަރުގެ ބެލްތަގަންދީއަށް ނިސްބަތްވާ އެ ކުއްޖާގެ ލޮލު ތެރެއިން 60 ވަރަކަށް މަރުވެފައިވާ ހިނި ވަނީ ނަގާފައެވެ.

އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސްގައި ބުނެފައިވާގޮތުގައި، އަޝްވަނީ ނަމަކަށް ކިޔާ އެ ކުއްޖާ ހެނދުނު ހޭލައިގެން ލޯ ހިރުވާތީ އެ ވާހަކަ އޭނާގެ މަންމަ ގާތުގައި ބުންޏެވެ. އެ މަންމަ އޭނާގެ ލޯ ތެރެ ބެލިއިރު، މަރުވެފައިވާ ހިންޏެއް ލޯ ތެރެއިން ފެނުނެވެ. އެ މީހުން ހީކުރީ ނިދާފައި އޮއްވާ އަޝްވަނީގެ ލޯ ތެރެއަށް ހިންޏެއް ވެއްޓުނީ ކަމަށެވެ.

އެ އަންހެން މީހާ އަޝްވަނީގެ ލޮލުން އެ ހިނި ނެގިއެވެ.

އެހެން ނަމަވެސް އަޝްވަނީގެ ލޮލުގެ ހިރުވުމަކަށް ބަދަލެއް ނާދެއެވެ. އަނެއްކާވެސް އެ ލޯ ބެލިއިރު، އިތުރު ހިނިތަކެއް އެ ލޯ ތެރެއިން ފެނުމުން އެންމެ ފަހުން އަޝްވަނީ ގޮވައިގެން އެ މީހުން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށްގޮސް ލޮލުގެ ޑޮކްޓަރަކަށް ދެއްކިއެވެ.

ޑޮކްޓަރުން ބުނީ، އަޝްވަނީ ލޯ ތެރެއަށް އެހާ ބައިވަރު ހިނިތައް ވަދެފައި ވަނީ ކަންފަތުން ކަމަށެވެ. އަޝްވަނީއަށް މިހާރު ވަނީ ލޯ ހިރުވުމަށް ބޭސް ދީފައެވެ.

އަޝްވަނީ މަންމަ ބުނީ މިދިޔަ 10 ދުވަސް ތެރޭގައި އަޝްވަނީގެ ލޮލުން 60 ވަރަކަށް ހިނި ނަގާފައިވާ ކަމަށެވެ.

މިކަމަށް އަދި ހައްލެއް ލިބިފައެއް ނުވެއެވެ. އެއީ ފަންޑީތައިގެ ކަމެއް ކަަމަށް ބެލެވޭކަމަށްވެސް އަޝްވަނީގެ މަންމަ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    އިންޑިޔާއެއްނު.. ކޮންމެ ކަމެއްވެސް ވެދާނެ ތިތާ..