ބަދަލަކީ ގިނަ ފަހަރު ޤަބޫލު ކުރަން ވަރަށް އުނދަގޫ އެއްޗެކެވެ. ޚާއްސަކޮށް، އެބަދަލަކީ ތިމާގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކު ފެނި ފެނި ހުރި ބަދަލެއް ކަމުގައިވާ ނަމައެވެ. މިގޮތުން ފޭސްބުކަކީ މިއަދު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއް ވިއުގައެވެ. ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރަކު ފޭސްބުކް ބޭނުން ކުރެއެވެ. މިހެންވެ ފޭސްބުކަށް އަންނަ ކޮންމެ ބަދަލަކީ ބޮޑު ބަދަލަކަށް ވެގެންދެއެވެ.

މިހަފްތާ ތެރޭގައި ފޭސްބުކުންވަނީ ފޭސްބުކްގެ ރިއެކްޝަން އެމޮޖީތަކަށް ބަދަލެއް ގެނެސްފައެވެ. މީގެ ކުރިން އެނިމޭޓް ނޫންކޮށް ހުރި އެމޮޖީތައް އެނިމޭޓްކޮށް ފޭސްބުކް ރިއެކްޝަން އެމޮޖީތަކަށް ބަދަލެއްވަނީ ގެނެސްފައެވެ. މިއާއެކު ގިނަ ބަޔެއްގެ ނުރުހުން ތެރިކަން މިކަމަށްވަނީ ފާޅުކޮށްފައެވެ. އަދި ކުރީގެ ރިއެކްޝަން އެމޮޖީތައް އަބުރާ ގެންނަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ނަމަވެސް ފޭސްބުކްއިން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މީގެ ކުރިން ފޭސްބުކް އެމޮޖީ ތަކަށް ބަދަލު ގެނައުމުން އެކަމާވެސް ގިނަ ބަޔަކު ނުރުހުންތެރިކަން ފާޅު ކުރިއެވެ. ނަމަވެސް ފަހުންވަނީ އެބަދަލަަށް ހޭނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާދު

    އޭ! ވަރައް ބޮޑަށް ސޮރީ ކުޑަ ކަމަކު ޑައުން ކޮއްލަން ޖެހުނީ ?

  2. މާކް ޒުކަބާރގް

    އަހަންނައް ތިކަމެއް ޙައްލެއް ނުކުރެވޭނެ ، މަގޭ ނުލަފާވެރިކަން މި ފެންނަނީ. ކިތަންމެ ވަރަކަށް ބަދަލްކުރިޔަސް އަހަރެންގެ ޕްރޮޑަކްޓް ތަކަށް ފުރައްސާރަ ކޮށް ހިތްހަމަނުޖެހި އުޅޭތަން މި ފެންނަނީ?