ލޯތްބަކީ ތަފާތު އެއްޗެކެވެ. ލޯބީގެ ގުޅުމުން ގުޅިގެން އުޅުމަށްފަހުގައި، އެ ގުޅުމުގައި ގޮށް ޖަހައި ދިރިއުޅުމެއްގެ ހުވަފެން ހަޤީޤަތަކަށް ހެދުމަކީ ކޮންމެ ދެމަފިރިއަކަށްމެ ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. ނަމަވެސް މި އުފަލުގެ ތެރެއިން އެކި މީހުން އުފާ ފާޅު ކުރަނީ އެކި ގޮތްގޮތަށެވެ. މިއީވެސް އެފަދަ ބައެއްގެ ވާހަކައެވެ.

ފްލޮރިޑާގައި އަލަށް ކައިވެނިކުރި ދެމަފިރިއަކު މިވަނީ، އެމީހުން ހަނީމޫނަސްގޮސް ތިބި ހޮޓަލުގެ އަންހެން މުވައްޒަފަކު ރޭޕްކޮށްލާފައެވެ.

ހަބަރުތައް ބުނާގޮތުގައި އެމީހުން އުމުރުން 27 އަހަރުގެ އެ އަންހެން މުވައްޒަފު ރޭޕްކޮށްލީ، ހޮޓަލުގެ ޕާކުކުރާ ސަރަޙައްދުގައި އޭނާ ހުއްޓައި ރަހީނުކޮށްގެން ގެންގޮސް ހިފާފައިވާ ކޮޓަރިތެރެއަށް ގެންދިއުމަށްފަހުއެވެ. އެ އަންހެންމީހާ ރަހީނުކޮށްގެން ގެންގޮސްފައިވަނީ އޭނާ އަށް އަނިޔާކޮށް ހޭނައްތާލައިގެން ކަމަށް ވެއެވެ.

ފުލުހުންނާއި ހަވާލާދީ ހަބަރުތައް ބުނީ، އަލަށް ކައިވެނިކުރި ދެމަފިރިއަކު އެއަންހެންމީހާގެ ބޮލުގައި އެއްޗަކުން ޖެހުމަށްފަހު ހޭނައްތާލައިގެން، ކާރެއްގައި އެމީހުން ދިރިއުޅެމުންދިޔަ ކޮޓަރިއަކަށް ގެންގޮސް ރޭޕްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ އަތުގައިހުރި ފައިސާވެސް ފޭރިގަނެފައިވާއިރު، އެކިވަރުގެ އަނިޔާ އޭނާއަށް ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ އަންހެންމީހާ ސަލާމަތްވީ، ރޭޕްކޮށްލުމަށްފަހު އަލަށް ކައިވެނިކުރި އެ ދެމަފިރިން އޭނާއަށް ސަމާލުކަން ނުދީ ތިބި ވަގުތެއްގައި ފިލައިގެން ގޮހެވެ. އަދި އޭނާ ވަނީ އެ ހޮޓަލުން ނިކުމެ ވަގުތުން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ މި ޢަމަލު ހިންގުމުގައި ބައިވެރިވި ދެމަފިރިން ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ މައްޗަށް ވަނީ މީހަކު ރަހީނުކޮށް، ފޭރިގަތުމުގެ އިތުރުން ރޭޕްކުރިކަމުގެ ދައުވާ އުފުލާފައެވެ. މިހުރިހާ ކުށެއް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރުދުވަހުގެ ޖަލުހުކުމެއް ވަކި ދެ ޖަލެއްގައި އެދެމަފިރިން ހޭދަކުރަން ޖެހޭނެއެވެ. މިއީވެސް އެއްބައެއްގެ ހަޔާތުގެ ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޭނުރަބޯ

    އެހެންވީމާ ތިއޮތީ ރަގަޅަށް ރާކަނިމަސް ކެވިފަ.....!!

  2. ސާބަހޭ

    ހުންނާނެ ތާހިރުވެފާ... ??