ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖެކްލީން ފެނާންޑޭޒް އާއި އަނުޝްކާ ޝަރުމާއާއި ވައްތަރު ބަޔަކު ފެނިގެން އެވާހަކަތައް މީސްމީޑިއާގައި ދާދިފަހުން ފޯރިއާއެކު ދެކެވިފައި ވެއެވެ. މި ލިސްޓަށް މިހާރު އަރާފައިވާ ތަރިއަކީ ބޮލީވުޑްގެ ރާނީ، އައިޝްވަރިޔާ ރާއި ބައްޗަންއެވެ. އޭނާއާއި މާވައްތަރު މޮޑެލްގެ ދުނިޔޭގައި ފިޔަޖަހަމުންދާތީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ލިބިގެން ގޮސްފައެވެ.

އީރާނަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މަހްލަގާ ޖަބޭރީ އައިޝްވަރިއާ އާއި ވައްތަރު ކަމަށް ދެކެވޭ ވާހަކަތައް ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ދެކެވިފައިވާއިރު، އިންސްޓަގްރާމުން އޭނާ އަށް 2.7 މިލިއަން ފޮލޯވަރުން ވަނީ ހަމަވެފައެވެ. މަހްލަގާ އޭނާގެ އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާ ފަހުން ވަނީ އައިޝްވަރިޔާ ބައެއް ހަފްލާތަކުގައި ލައިގެން އުޅުނު ހެދުންތަކާއި އެއްގޮތް ހެދުންތަކެއްގައި މޮޑެލްކޮށް ފޮޓޯ ނަގާފައެވެ. މި ފޮޓޯތަކާއި އެކު ގިނަ ބަޔަކު ބުނަމުންދަނީ އޭނާ އައިޝްވަރިޔާއަށްވުރެ ރީތި ކަމަށެވެ.

މަހްލަގާ އާއި އައިޝްވަރިޔާގެ ވާހަކަތައް މީސްމީޑިއާގައި ފެތުރެން ފެށުމާއެކު މީސްމީޑިއާ މަންޒައެއްގައި ވަނީ އެ ދެމީހުންގެ ނަން ހިމަނައިގެން ވޯޓެއްވެސް ނަގާފައެވެ. ދުނިޔޭގެ އެންމެ ރީތި އަންހެނާ އަކީ ކޮބައިތޯ ބެލުމުގެ ޚިޔާލު ހޯދުމުގެ އެ ވޯޓުން އައިޝްވަރިޔާގެ މައްޗަށް ކުރިހޯދާފައިވަނީވެސް މަހްލަގާއެވެ. މިކަމުގެ ސަބަބުން މަހްލަގާއަށް އޮތް ސަމާލުކަމާއި ތާއީދު ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެގުނަވެފައި ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މަހްލަގާއަކީ މޮޑެލްގެ ދާއިރާގައި ގިނަ މަސައްކަތްތައް ކޮށްފައިވާ އަންހެނެކެވެ. އޭނާ ދިރިއުޅެމުން ދަނީ ކެލެފޯނިއާގެ ސެންޑިއޭގޯގައެވެ. މިހާތަނަށް އެމެރިކާގެ ގިނަ ލައިފްސްޓައިލް މެގަޒިންތަކެއްގެ ކަވާއިން އޭނާ ފެނިގެން ގޮސްފައިވާއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ތާއީދު އޭނާ ވަނީ ހޯދާފައެވެ.

މީގެ ކުރިން ބޮލީވުޑްގެ އެންމެ އިސް ސަފުގައި ފިޔަ ޖަހަމުން ދިޔަ އައިޝްވަރިޔާ ފަހުން ވަނީ ފިލްމުތައް ކުޅުމާއި ދުރުވެ ކެމެރާ ކުރިމަތިން ނުފެނި ގިނަ ދުވަސްތަކެއް ވެފައެވެ. ނަމަވެސް އަމިއްލަ އާއިލާއަށް ވަގުތު ހުސްކޮށްގެން ހުރި އައިސްވަރިޔާ އޭނާގެ އާއިލާއާއެކު ނަގާފައިވާ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދެއެވެ. ރިޕޯޓްތައް ބުނާގޮތުގައި މި މަހުގެ ތެރޭގައި ފްރާންސްގައި އޮންނަ ކޭންސް ފިލްމް ފެސްޓިވަލުން އައިޝްވަރިޔާ ފެނިގެންދާނެއެވެ. އެހެންކަމުން އައިޝްވަރިޔާގެ އެ ދުވަހުގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިންކަރ

    އައިސް އަށް 46، ތި މީހަކަށް 29 އެހެންވީމަ ތި މީހަކު ރީތި ކަމަށް ދައްކަފާނެ! އުމުރުން މާ ޅަ ދޯ ތި މީހާ

    20
    2
  2. ާސަހޫ

    އަސްލު އެހާ ވަށްތަރެއްނޫން. ބައެއް ޕޯސްތަކުގަ ވައްތަރުގޮތެއް ހުންނަނީ