އިނގިރޭސިވިލާތަށް ނިސްބަތްތާ ދެމަފިރިއަކު ކައިވެންޏަށްފަހު ހަނީމޫނަށް އައީ ސްރީލަންކާގެ 5 ސްޓާ ހޮޓަލަކަށެވެ. އެ ރިސޯޓްތަގައި އުފާވެރި ދުވަސްވަތަކެެއް ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދާން ދިޔަ މި ދެމަފިރިންގެ ތެރެއިން އަނބިމީހާގެ ކުއްލި މަރާއެކު ފިރިމީހާއަށް މިހާރު ވަނީ ލަންކާއިން ބޭރަށް ދިއުން މަނާކޮށްފައެވެ.

މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ލަންޑަންގެ ބްރެންޓްގައި ކައިވެނި ކުރުމަށްފަހު ޚިލާން އާއި އުޝެއިލާ އާ ދެމީހުން ހަނީމޫނަށް ލަންކާއަށް ދިޔައީ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ.

މި ދެމަފިރިން ހަނީމޫނަށް އައިސް ތިބީ ގައްލޭގައި ހުންނަ އަމަރި ހޮޓެލްގައެވެ. އެހެން ނަަމަވެސް އެ މީހުން އެ ހޮޓަލްއަށް އައިސް ހޮޓެލްގެ ކޮޓަރި ތެރޭގައި ދުވި ވަހަކުން ދެ މީހުންވެސް ގެންދަން ޖެހުނީ ހޮސްޕިޓަލަށެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އުޝެއިލާ ވަނީ މަރުވެފައެވެ.

އެ މައްސަލާގައި ޚިލާންއަށް އެނބުރި ގައުމަށް ނުދެވެއެވެ. ފުލުހުން އޭނާ ހިފަހައްޓާފައި ވަނީ އަނބިމީހާގެ ޓެސްޓުތައް ހަދާ ނިމެން ދެންނެވެ. އޭނާ ހުރީ ހައްޔަރުކޮށްފައެއް ނޫނެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއްވެސްކޮށްފައެއް ނުވެއެވެ.

ޚިލާން ބުނީ، ކަމާއި ބެހޭ ފަރާތްތަކުން އޭނާއާ މެދު ގޯސްކޮށް ކަންތައް ކުރަމުން ނުދާ ކަމަށެވެ. އަދި އޭނާ އެއްވެސް ވަރަކަށް އުޝެއިލާ ދޫކޮށްލާފައި ދާން ބޭނުން ނުވާކަމަށް ވެސް ބުންޏެވެ.

"އަހަރެން ތަރިތަކަށް ބަލާ އަދިވެސް އުޝެއިލާއާ ކޮންމެ ރެއަކު ވާހަކަދައްކަން. އުޝެއިލާ އެއީ އަހަރެންގެ މުޅި އުމުރުގައި އަހަރެންގެ ގާތުގައި ހުންނަން ޖެހޭނެ މީހެއް" އޭނާ ބުންޏެވެ.

މި ދެމަފިރިން ލަންކާއަށް އައީ ދެ ހަފްތާގެ ދަތުރަކަށެވެ. އެއީ 8587.29 ޑޮލަރުގެ ދަތުރެކެވެ.

ޙިލާން ބުނީ، 23 ވަނަ ދުވަހުގެ ރޭ ހޮޓަލަށް އައިސް ކޮޓަރިއަށް ވަން ތަނާހެން ކޮޓަރީގައި ފާޑެއްގެ ވަހެއް ދުވައިގެން އެކަން ކޮޓަރި ސާފް ކުރާ މީހާއަށް އެންގި ކަމަށެވެ. އަދި ދެ މީހުން އެކީގައި ސޭންޑްވީޗް އެންޑް ޗިޕްސް އެރޭ ކެއި ފަހުން ވަރަށް ބޮޑަށް ދެ މީހުންވެސް ބަލިވި ކަމަށް އޭނާ ބުންޏެވެ. އަދި ދެ މީހުންވެސް ލޭ ލާން ފެށިއެވެ.

އަދި އެރޭ 3:00ޖެހި ހާއިރު އެހީއަށް އެދި ރިސެޕްޝަންއަށް ގުޅުމުން ދެ މީހުންވެސް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އުޝެއިލާ މަރުވިއިރު، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާ މަރުވީ ޑީހައިޑްރޭޓް ވެގެންނާއި ހޮޑުލައިގެންކަން ދައްކާކަމަށް ޚިލާން ބުންޏެވެ.

އުޝެއިލާ މަރުވީ ފުޑް ޕޮއިޒަންވެގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެކަން ދަނީ ބަލަމުންނެވެ. އެ ހޮޓަލުން ބުނީ، އެ ހޮޓެލްގެ ކާއެއްޗެހީގެ މައްސަލައެއް ނޫޅޭ ކަމަށެވެ.

ޚިލާންއާ އުޝެއިލާ ފުރަތަމަ ބައްދަލުވީ ޑޭޓިންގ އެޕްއަކުންނެވެ. މި ދެ މީހުންވެސް ކައިވެނި ކުރީ އެކުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހު ވަރަށް ލޯބިންނެވެ.

ކިޔުންތެރިންގެ ހިޔާލު