ފެންވެރުމަކީ އަހަރެމެން ކޮންމެ ދުވަހަކު ގޮތަކަށް ކުރާކަމެކެވެ. އެހެންނަމަވެސް ފެންވަރާއިރުވެސް ވަކި ކަންކަމަކަށް ސަމާލުކަންދޭންޖެހެއެވެ. މިގޮތުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ކޮންމެ ދުވަހަކު ބޯދޮވުން:
ފެންވަރާ ކޮންމެ ފަހަރަކު، ނުވަތަ ކޮންމެ ދުވަހަކު އެއްފަހަރު ބޯ ދޮވުމަކީ ސިއްޙީގޮތުން ރަނގަޅު ކަމެއްނޫނެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

މާގިނަ އިރު ފެންވެރުން:
ކޮންމެ ކަމެއް ކުރުމުގައިވެސް ހައްދުން ނައްޓައިފިނަމަ، އެކަން ގޯހުންދާނެއެވެ. މާގިނަ އިރު ފެންވެރުމުގައި ހޭދަކުރުމަކީވެސް ހަމަ މިކަހަލަ ކަމެކެވެ. މާގިނައިރު ފެންވެރުމުގެ ސަބަބުން ހަންގަނޑަށް ގެއްލުންތަކެއް ލިބެއެވެ.

ހޫނުކަން މާގަދަ ފެނުން ފެންވެރުން:
ފެންވަރާއިރު ހޫނު ފެން ބޭނުން ކުރުމަކީ ވަރަށް ގިނަ ބަޔަކު ގަޔާވާ ކަމެކެވެ. އެހެންނަމަވެސް ހޫނުކަން މާގަދަވެއްޖެނަމަ އެއީ ހަންގަނޑަށް އެހާ ރަނގަޅު ކަމެއް ނޫނެވެ. ފެންވެރުން އެންމެ ރަނގަޅީ އާދައިގެ ހޫނުމިނެއްގެ ފެނުގައެވެ.

ފެންވަރާއިރު ފައި ރަނގަޅަށް ނުދޮވުން:

ފެނަވަރާއިރު ފައި ނުދޮވުމަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައި ހުންނަ ނުރަގަނޅު އާދައެކެވެ. އެހެންނަމަވެސް، މިއީ ފައިގެ ހަންގަނޑު ކުރަކިވުމަށް ދިވާވެދާނެ ސަަބަބެކެވެ. މިހެންކަމުން ފެންވަރާ ކޮންމެ ފަހަރަކު ފައި ދޮވުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ފެންވެރުމުގައި މިކަން ކަމަށް ސަމާލުވުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ނޫންނަމަ ތިބާގެ ހަންގަނޑަށާއި އިސްތަށިގަނޑަށް އޭގެ ނުރައްކާ ކުރުމަކީ އެކަށީގެންވާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޝް

    ކޮބާތަ މީގެން ނޭގޭ ކަމަކީ. :/

  2. މިހަ

    ޢެ ތެދެއް

  3. މޮޔަވެދާނެ

    މީހާދަމޮޅުސައިންސުވެރިއެކޭ މިކަހަލަދެމީހަކު ހޯދަންވީ