އިންޓަނެޓަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން މިތުރުންނަށާއި ހަތުރުންނަށް އަދި އެންމެން ދަންނަ ތަރިންނަށް ހަދާލުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ. މިކަން އެތައް ފަހަރަކު، އެތައް ގޮތަކުން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، ގާޑިޔާއެއްގައި ސައި ވިއްކަން ހުރި "ޗައިވާލާ" އެއްވެސް މި ބީދައިން މަޝްހޫރުވެގެންދިޔައެވެ. އަދި ލޮލުން ކޮށްލި އެންމެ އިޝާރާތަކުން، ޕްރިޔާ ޕްރަކާޝްގެ ޖާދޫގައި ވެސް ގިނަ ބަޔަކު ޖެހުނެވެ.

މިފަހަރު ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައި މިވަނީ، އިންޑިއާއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެކެވެ. ދީޕިކާ ގޯޝީ ނަމަކަށްކިޔާ އެ ކުއްޖާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ބެންގަލޫރުގައި ކުޅުނު ފޯރިގަދަ ކްރިކެޓް މެޗެއްގެ ތެރެއިންނެވެ.

ހައިދަރައާބާދުގެ ސަން ރައިޒާސް އާއި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ މިހާރުގެ ކެޕްޓަން، ވިރާތުކޯލީ ކުޅޭ ރޯޔަލް ޗެލެންޖާސް އާއި ދެމެދުގައި ކުޅެވުނު އެ މެޗުގެ ތެރެއިން ދީޕިކާ ގޯޝީގެ ޖަދޫގައި އެތައް ބަޔަކު ޖެހުނުއިރު އޭނާއަކީ ރޯޔަލް ޗެޖެންޖާސްގެ ސަޕޯޓަރެކެވެ. އޭނާ ސްޓޭޑިއަމްގައި އެ ޓީމަށް ސަޕޯޓުކުރަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އޭނާގެ ރީތިކަމަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮއްސަމުންނެވެ.

https://twitter.com/Iamcezane/status/1124749432157687808

އެގޮތުން އެއީ "ނޭޝަނަލް ކްރަޝް" ނުވަތަ އިންޑިއާގެ ކްރަޝްކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ފޮޓޯ ދައުރުކުރަމުންނެވެ. އެއާއެކު ބައެއް ފަރާތްތަކުން އޭނާގެ މީސްމީޑިއާ އެކައުންޓު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ އޭނާއަށް އެކި ހުށަހެޅުންތައް ހުށަހަޅަމުންނެވެ. މީގެ އިތުރުން ކުރިޔަށް ހުރި މެޗުތަކަށްވެސް ދީޕިކާ ގޯޝީ ގެންދިއުމަށް ރޯޔަލް ޗެލެންޖާސްއަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ދީޕިކާ ގޯޝީ އަކީ އިންޑިއާގެ ބޮލީވުޑްގެ ސްޓައިލިސްޓެކެވެ. އަދި ކްރިކެޓްގެ ބޮޑު ފޭނެކެވެ. މިހާރު އެތައް ބައެއްގެ ފޭނެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޟަގާ

    އެވެސް ރީޗެ ނޫން

    59
    12
    • XD

      ކަލޭ މާ ރީތިވާނެ ހޫން!

      6
      10
    • XD

      ކަލޭ މާރީތި ހޫން..

      5
      11
  2. ތުންކޮޅު

    ވަކިތަނެއްގަ އަޅައިގަނެގެން އެއުޅެނީ.

    48
    4
  3. މަނިކު

    އަވަހަށް މިސް މެން އެޓްރެކްޓިވް މުބާރާތުގައި ބައިވެރި ކުރުވަންވީނު

    13
    2
  4. ނުރަބޯ

    އެމަންޖެ ބަރަހަނާ ވެގެން ހުރިނަމަ އަދި މާރީތި ވެގެން އުޅުނީސްތާ.

    43
    2
  5. Anonymous

    7

    7
    2
  6. ސ.ޜ

    އޮރިޔާމުން ހުރީމަ އެއުޅެނީ

    46
    4
  7. ކޮތަރު

    އެހާ ފަރުތޮޅި ބްރޭންޑް ވީމާ މަށަކަށް ކަމަކުނުދޭ. މޫނުގަވެސް އާދަޔާޚިލާފް ރީތިކަމެއްނެތް. ގިނަ ކޮމެންޓް ތަކުގައި ބުނެފައިވާހެން ހަށިގަނޑުން ބޮޑުބައެއް ކަޝްފުކޮށްގެން ހުރީމަ ކަމުގޮސްގެން މީހުންތައް އެއުޅެނީ.

    25
    1
  8. ނޭމާ

    އެމަންޖެ އޮރިޔާން ނުވެގެން މިއުޅެނީ އައްގައިދާ ހައްދުފަހަނެޅި ގުރޫޕު. ވަހުޝީކަމުގެ އައްޕަމެން. މިމަންޖެ ދޭން ބުނެފިއްޔާ ގައިގައި ބޮމެއް ހަރުކޮށްގެން އެއްހާސް މީހުން މަރާލާކަށްވެސް ފަހަކަށް ނުދާނެ.

    11
    7
  9. ާއަހޫ

    މަންޖެ އަންނަން ވީނު ވެމްކޯ އަށް ކުނިއުކަން

    10
    1
  10. ޕޮލިސް

    ތިމަންޖެ ހައްޔަރު ކުރާނަން.