ރަނގަޅު ބައިޗވެރިޔަކު ހޯދުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާކަމެކެވެ. އަދި ރަނގަޅު ބައިވެރިއެއް އިޚްތިޔާރު ކުރުމުގައި ގިނަ މީހުނަށް އޮންނަނީ އަބަދުވެސް ގޯސް ހެދިފައެވެ.

ކައިވެންޔަކާ ހަމައަށް ދިއުމުގެ ކުރިން ބައިވެރިޔާގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފަތަކެއް ހުރިތޯ ބަލާލުން މުހިންމެވެ. އެއީ ކައިވެނީގެ ހަޔާރް އުފާވެރި ކުރުމަށެވެ.

އޯގާތެރި އަޅާލާ ބައިވެރިއެއް ކަމުގައިވުން:

އޯގާތެރި ބައިވެރިއެއް ކަމުގެ ބައިވަރު ސިފަތަށް ހުންނާނެއެވެ. މިސާލަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ ބަލިވުމުން ބައިވެރިޔާގެ ޚިދުމަތުގައި ދެމިހުރުމަކީ މީގެން އެއްސިފައެވެ. އަދި ދެރަވާ ވަގުތު ތަކުގަޔާއި އުފާވާ ވަގުތު ތަކުގައި އެންމެ ކައިރީ ބައިވެރިޔާ ހުރުމަކީވެސް މިކަން ރަމްޒުކޮށްދޭ ސިފައެކެވެ.

ކަމެއް ބޭނުން ނުވިޔަސް ގުޅާލާ އުޅޭތަނެއް ބެލުން:

މިއީވެސް ބައިވެރިޔާގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެވެ. ލޯބިވެގެން އުޅޭ ބައިވެރިޔާއަކީ ކިތަންމެ ބިޒީ މީހެއް ކަމުގައި ވިޔަސް ނުވަތަ ކިތަންމެ ބިޒީ ދުވަހެއް ކަމުގައި ވިޔަސް ލޯބިވާނަމަ އެންމެ ފަހަރަކު ގުޅާލާާ އުޅޭތަނެއް ބަލާލާނެއެވެ. ކިތަންމެ ބިޒީވިޔަސް ލޯބިވެރިޔާއަށްޓަކައި މިނެޓްއެއް ހުސްކޮށްލުމަކީ ނުވާނެ ކަމެއްކަމުގައެއް ޤަބޫލެއް ނުކުރެވެއެވެ.

ކުދިން ދެކެ ލޯބިވުން:

ޒަވާޖީ ހަޔާތެއް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަށް ބޭނުންނަމަ މިއީ ކޮންމެހެން ބައިވެރިޔާ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެކެވެ. ކުދިންދެކެ ލޯބިވާ ބައިވެރިޔަކު ހޯދުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އޭރުން ތިމާގެ ދަރިންދެކެ ލޯބިވާނެ ކަމުގެ ޔަގީންކަން ތިމާއަށް އޮންނާނެއެވެ.

ކުރީގެ ލޯބިވެރިނާ ގުޅުން ނުބޭއްވުން:

ތިމާގެ ލޯބިވެރިޔާ އޭނާގެ ކުރީގެ ލޯބިވެރިނާ ގުޅުން ނުބާއްވާނަމަ، އެއީ އޭނާގެ ވަފާތެރިކަން ރަމްޒުކޮށްދޭކަމެކެވެ. އެއީ އޭނާއަށް ތިމާ އޭނާގެ ކުރީގެ ލޯބިވެރިޔާއަށްވުރެ މުހިންމުވީމައެވެ.

މަތީގައި ބުނެވެދިޔަ ކަންތައް ފުރިހަމަ ބައިވެރިއެއް ލިބިފައިވާނަމަ އަވަހަށް ކައިވެނި ކުރާށެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ބޭނުންވާނެ ސިފައަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު