ލުނބޮޔަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ލުނބޯ ބޭނުންކުރެވެނީ ތަފާތު ސަލަޑް، އަދި އެހެނިހެން ކާތަކެތި ތައްޔާރު ކުރައްވާއިރު ހުތް ރަހަ ހެޔޮވަރު ކޮށްލުމުގެ ގޮތުންނެވެ.

ލުނބޮޔަކީ ސިއްޙީ ގޮތުން އެތައް ފައިދާއެއް ކުރާ މޭވާއެކެވެ. މިގޮތުން ބައެއް ފައިދާތައް ތިރީގައި އެވަނީއެވެ.

ބަރުދަން ލުއިކުރުން : ތާފަނާ ފެނާއެކު ލުނބޯ ޖޫސް ބުއިމަކީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަމެއް ވެސް މެއެވެ. ލުނބޯ ޖޫހުގައި ވިޓަމިން ސީ ފަދަ އެންޓި އޮކްސިޑެންޓް ހުރެއެވެ. ލުނބޯގައި ހިމެނޭ ސައިޓްރިކް އެސިޑް އަކީ ސަރުބީ ވިރުވާ މާއްދާ އެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންނަމަ، ދެތިން ހަފްތާވަންދެން ކޮންމެ ދުވަހަކު 2 ތަށި ލުނބޯ ޖޫސް އާދަކޮށް ބޭނުންކުރާށެވެ. މާބޮޑަށް ފަލަމީހުން ލުނބޯ ޖޫސް މާމުޔާއި އެއްކޮށްގެން، ކޮންމެ ދުވަހަކު ހެދުނު ހައިބަޑާހުރެ ބޭނުންކުރުމުން ބަރުދަން ލުއިވާކަމަށް ވެއެވެ.

ހަމުގެ ފަރުވާ : ލުނބޯ ޖޫސް ބުއިމާއި، ލުނބޯ ތެޔޮ ގައިގައި އުގުޅުމަކީ އެކަމުގެ ސަބަބުން ހަންގަނޑަށް އާރޯކަން ގެނެސްދޭނެ ކަމެކެވެ. ލުނބޯ ބޭނުންކުރުމަކީ ހަމުގެ ފަށަލަތައް އާކޮށްދީ، ހަމުގެ އޮމާންކަމާއި ވިދުން، އިތުރުކޮށްދޭނެ ކަމެކެވެ. ލުނބޯގައި ވިޓަމިން ސީ އަދި ފްލޭވޮނޮއިޑް އެކުލެވުމުގެ ސަބަބުން ހަށިގަނޑުން ދުވާ ނުބައި ވަހުން ސަލާމަތް ކޮށްދެއެވެ. ވިޓަމިން ސީ އަދި ފްލޭވޮނޮއިޑް ތަކަކީ ޖަރާސީމް މަރާލުމުގެ ބާރު ލިބުމުގެ އިތުރުން، އެންޓި އޮކްސިޑެންޓްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ މާއްދާތަކެކެވެ. ލުނބޯ ތެޔޮ ހަމުގައި އުގުޅުމުން، މަރުވެފައިވާ ހަމުގެ ސެލްތައް ވަކިކޮށްދީ، ހަންފޮޅުމާއި، ބިހިނެގުމުން ދުރުކޮށްދީ، ހަންމަށައިގެން ގޮސްފައި ހުންނަ ތަންތަން އަވަހަށް ފަސޭހަކޮށް ދެއެވެ. ފެންގަޑަށް ލުނބޯ ތެޔޮ ނުވަތަ ޖޫސް އަޅައިގެން ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ގެނެސް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެޓޭ

    ކޮންތާކު!
    މިހާރު ޓުރައިނުކުރާކައް އެއްޗެއް ނެތް،
    ވާ ކަމެއް ހަރާން.
    ދުވަހަކައް ވުރެ ދުވަހެއް ފަލަ ވަނީ ތި އެއްޗެހި ބޯވަރަކައް
    ދެރަ ކަމެއްނު 🙁