ކަނޑުގެ އަޑީގައިވާ އެތައް ހާސް މަޙްލޫޤުންގެ ތެރެއިން އިންސާނުންނަށް ފެނި އެއެއްޗަކާއި ބެހޭ މައުލޫމާތެއް ހޯދިފައި ވަނީ ވަރަށް މަދު މިންވަރަކަށެވެ. ސައިންސްވެރިން ކެނޑިނޭޅި ކަނޑު އަޑީގެ ތިމާވެށީގެ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުން ދާއިރު އަދިވެސް އަލަށް ކިތަންމެ އެއްޗެއް ދަނީ ފެންނަމުންނެވެ.

އެންމެ ފަހުން ބައިލޮޖިސްޓުންނަށް މިވަނީ މީގެ ކުރިން ނުފެންނަ ވަރުގެ "އެންޖެލާފިޝް" އެއް ފެނިފައެވެ. ޕޯޗްގަލްގެ ރަށެއް ކަމަށްވާ އަޒޯރެސްގެ ކައިރިން ބައިލޮޖިސްޓުންނަށް ފެނުނު މިމަހުގެ ބޮޑުމިނުގައި ހުރީ ގޮށްމުށެއްގެ ބޮޑު މިނެވެެ. މިއީ މިބާވަތުގެ މިސައިޒްގެ އަންހެން މަހެއް ބައިލޮޖިސްޓުންނަށް ފެނުނު ފުރަތަމަ ފަހަރެވެ.

ކަނޑުއަޑީގެ މަސްތައް ދިރާސާ ކުރުމުގެ ވަރަށް ބޮޑު ތަޖުރިބާކާރެއް ކަމަށްވާ ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ޓެޑް ޕިސްޓެޗް ވިދާޅުވީ މިބާވަތުގެ މަހެއް އޭނާގެ ހަޔާތުގައި ވެސް ނުފެންނަ ކަމަށެވެ.

"އަޅުގަނޑުގެ މުޅި ހަޔާތް މިހޭދަ ކުރީ ކަނޑުގެ މަސްތައް ދިރާސާ ކުރުމުގައި. ނަމަވެސް މިފަދަ މަންޒަރެއް އަޅުގަނޑު ނުދެކެން" ޓެޑް ވިދާޅުވިއެވެ.

ޓެޑް ވިދާޅުވީ 800 މީޓަރު އަޑިން މިމަހުގެ ވީޑިއޯ އެއް މިހައި ސާފުކޮށް ރެކޯޑް ކުރެވުމަކީ އިތުރު ދިރާސާތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ވީޑިއޯ ނަގާފައި ވަނީ ކަނޑުގެ ވަރަށް އަޑިއަށް ދިއުމުގެ ގާބިލްކަން ލިބިފައިވާ ސަބްމެރިން އަކުންނެވެ. މިސަބްމެރިންގައި ފީނާފައި ވަނީ ދެބައިލޮޖިސްޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޯ

    މިހުރިހާ ކަމަކުންވެސް އެނގެނީ ކަލަކު ވޮޑިގެންވާކަމެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ނިކަންދެކެބަލާށެވެ.