މާޗް މަހުގެ 01 ވަނަ ދުވަހުގެ ރޭ ފަތިހު "ދަންޖެހިފައި ހުއްޓާ" ހދ.ނޮޅިވަރަމުން ފެނުނު ޝާހިދާ އަލީ ދިރިއުޅުނު ގެއިން "ބިރުވެރި އަޑުތަކެއް" އިވޭ ކަމަށް އެރަށު މީހުން ބުނަމުން އެބަދެއެވެ.

ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ "ޝާހިދާ ރޯ އަޑު" އެގެއިން އިވޭ ކަމަށް އެރަށު މީހުން ބުނާ ކަމަށެވެ.

"އެގޭގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް އެ ގެ ކައިރިން ހިނގާފައިދާ މީހުން ބުނޭ. އެއަޑު ޝާހިދާގެ އަޑާއި ވައްތަރު ކަމަށް ވެސް މީހުން ބުނޭ." ނޮޅިވަރަމުން ވާހަކަދެއްކި ފިރިހެނަކު ބުންޏެވެ.

ޝާހިދާ "ދަންޖެހިފައި" ހުއްޓާ ފެނުނު ނަމަވެސް އޭނާގެ މަރާއި މެދު ޝައްކުތަކެއް އުފެދުމުން ޝާހިދާގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދިއެވެ. ނަމަވެސް ޝާހިދާގެ ޕޯސްޓްމޯޓަމް ހެދިކަން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ޝާހިދާގެ މަރުގެ ތަޙްޤީޤާއި ބެހޭ އިތުރު މައުލޫމާތެއް ސާފު ކުރެވޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅަން މިރޭ ކުރި މަސައްކަތް ކާމިޔާބު ނުވުމުން މިހާރު ޝާހިދާގެ މަރުގެ ތަޙްޤީޤު ގޮސްފައިވާ ހިސާބެއް ސާފެއް ނުވިއެވެ.

ނޮޅިވަރަމް އިން ވާހަކަދެއްކި އިތުރު މީހަކު ބުނީ ދާދިފަހުން އެއްރެއަކު ޝާހިދާގެ ގެ ކައިރިން ވެސް ޒުވާން އަންހެނަކަށް "ބިރުވެރިކަމެއް" ދިމާވި ކަމަށެވެ.

"އެއަންހެން ކުއްޖާ އެގެ ކައިރިން ދަނިކޮށް އެކުއްޖާ އަށް ހީވީ ފަހަތުން މީހަކު އަންނަހެން. ދެން އެކުއްޖާ ފަހަތް ބަލާލިއިރު އެއްވެސް މީހަކު ނެތް. ނަމަވެސް އެކުއްޖާގެ ވާތް ފަޅިން އާދަޔާއިހިލާފު ހޫނު ކަމެއް އިހްސާސްވި." މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދާ ދިރިއުޅުނު ގެ ކައިރިން "ބިރުވެރި ކަންތައްތަކެއް" ދިމާވާ ކަމަށް ރަށުތެރޭގައި އަޑު ފެތުރުމުން ނޮޅިވަރަމްގައި ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ކުރިން ބުނީ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ "ދަންޖެހިފައި ހުއްޓާ" ފެނުނު މީހުން ބުނާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޝާހިދާ "ދަންޖެހިފައި ހުއްޓާ" ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން "ދަންޖެހިފައި ހުރި" ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ލޮލް

    ބުނާނެ އަންހެނުންނަށް ނުކުރެވޭނެ ކަމެއް ނޯންނާނެ އޭ. ޢެހެންވީމަ އެހާމަތީގައި ވާގަނޑެއް ނޭއްސެންވީ ސަބަބެއް ނެތް.

  2. ވަހީދު

    މިއަދު ހުކުރު ޚުތުބާގަ ބުނީ ޔޯލަ ވާހަކަ ނުދެއްކުމަށާ، އެފަދަ ވާހަކަ ނުފެތުރުމަށް،،،

  3. އައްމަޑޭ

    ހުސް ފުލޯކް ވާހަކަ.؟

  4. ދިވެއްސެއް

    އެއްބަޔަކު ތިކަހަލަ ކަންކަމުގަ ބިރުވެރިކަން އުފައްދަން އުޅުމަކީ ކޮށްފާނެ ކަމެއް. ގިނަފަހަރުވާގޮތަކީ ގަސްތުގަ ބަޔަކު ތިބާވަތު އަމަލެއް ހިންގައިފިނަމައޭގެސަބަުން ބިރުވެރި ކަންކަންހިގާގޮތްމެދުވެރިވޭ.

  5. ޕޮގުބާ

    ގެތަޅާލާ ބިންސާފުކުރޭ

  6. ނުވާނެއޭ

    ތީ ހުސް ދޮގު. ތިޔާ އޭނާގެ ފިރިމީހާ އަޑީގައި ހުރެގެން ފަތުރާ ޕްރޮޕެގެންޑާ. މަމެން ގަބޫލުކުރަނީ ތިޔާ ޝާހިދާ ހަމަ މަރާލީ އިންސާނަކު ކަމަށް. ދިސް އިޒް އިޓް.

  7. ސިފް

    ބިރުގަނެ އެބަ އަހަރެން މިހާރު

  8. ކ

    މިިކަން ވެސް ސިޔާސީ ވީކަން ނޭނގެ. އެހެންވެ އޮއްބާލަނީ

  9. ޡްނަ

    ތެދެއް. އަޅުގަނޑުގެ މަންމަ ވެސް ބުނި ރޯ އަޑު އިވުނުކަމަށް 2 ފަހަރު.

  10. ނުރަބޯ

    ބިރުންތިބޭތީ ހީވާގޮތް ކަމަށްވެދާނެ.

  11. މ

    ﷲއަކްބަރު

  12. ނޮނޮނޮނޮ

    ގަބޫލްނުކުރަންޔާހުރޭ. އެއީ ހަމަތެދެއް.

    • ބިރުކުޑަ އަލީ

      ލޮލް. ހިސާބަށްވުރެ ބޮޑަށް ބިރުން ތިބީމާ ނުވާކަމެއް ނޯންނާނެ. ބޮޑެތި ފުރޭތަވެސް ފެންނާނެ. ?

  13. ޑިމޮކްރަޓިސްޓް

    ތިކަހަލަ ކަމެއް ހިނގާކަމަށް ވާނަމަ ޔަގީން ތިމަރަކީ އަމިއްލަޔަށް ވީ މަރެއްނޫންކަން ހަމަ ކަށަވަރު..

  14. އަން

    އިންސާނާގެ ފުރާނަ އޭނަގެ ހަށިގަޑާ ވަކިވާއިރު އިނަސާނާ ހާދަވަރަކަށް ރޯނެ. ޢާފިލުކަމުގެ ނިދިން ހޭލާ މަރުގެ މަތިން ހަނދާން ކޮށް ޤަބްރުސްތާނަށް ގިނަގިނައިން ޒިޔާރަތް ކުރަމާ ބަހީ

  15. ތިމަންނަ

    އަނެއްކާ ތިޔަކަން ނިމިގެންދާއިރު ސަރުކާރު ވައްޓަލަން ކުރި ޓެރަރިޒަމްގެ ޢަމަލަކަށް ނުވާނެބާ؟

  16. ތިޖޫރީ

    ތިއުޅެނީ ބޮޑުވައްކަމެއް ކުރަން.. ރަށުމީހުން ފިއްކަޑުވާފަ..

    • ސޫފި

      އައި ލައިކް ދިސް ކޮމެންޓް ހީހީ ހަމަ 100% ތެދެއް

  17. ހަރު

    ފުރާޅު ކިތަންމެ އުހަސް ހަރުގަނޑެއް ނުވަތަ ގޮނޑިއެއް ބަހައްޓަިއގެން އަންހެނަކަށް ވެސް ކުޑަކުއްޖަކަށްވެސް ވަލެއް އެއްސިދާނެދޯ!

    • ގޮނޑި

      އެ މަންޒަރު ދުއް މީހާ ސާފުކޮށް ބުނެފަ އޭނދީ ހަރުގަނޑެއް ވެސް ގޮނޑި އެއްވެސް އެތާކު ނެތޭ. ދެން ހަރު ތިބުނާ ގޮތުން ޝާހިދާ ވާ އެހާ މަތީގަ އައްސާފަ، ދަންޖެހި ނިމިގެން ހަރުގަނޑު ހުރި ތަނަށް ލާފަ އައިސްތަ އެއޮތީ؟

  18. މީ

    ނޫސް ވެރިން ވެސް މޮޅިއްޔާ ޕޯސްޓްމޯޓަމް ގެ ނަތީޖާ ހޯދަބަލަ ޕޮލިހުންނާ ގުޅައިގެން

  19. ރިޒާ

    ތަކަންދޫ މާރަންދޫ ނޮޅިވަރަމް، ހަމަ އަޑު އިވުން ވަރަށް ގާތް،، މީ ލައްކަ ވާހަކަ.

  20. Anonymous

    ތިކަމާ ތިގެއާ ގުޅުމެއްވޭ، ވެރިފަރާތަށް ދައްކާ ބިރެއް،