މުސްލިމުންގެ ނަމުގައި އޮޅުވާލައިގެން ލޭއޮހޮރުވުން ހިންގައި، ޖިހާދު ކުރުމަށް ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކުގެ ޖަމާޢަތްތަކާއި ގުޅިގެން ސީރިޔާގައި ހަނގުރާމަކުރަން އުޅޭ ދިވެހިން ގިނައެވެ. އެގޮތުން ސީރިޔާގެ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން އުޅުނު ދިވެއްސަކު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހިނގި ކުރިމަތިލުންތަކެއްގެ ތެރެއިން މަރުވެފައެވެ. އެ ޒުވާނާގެ ހަށިގަނޑު ނަގާފއިވަނީ އޭނާ މަރުވިތާ އެއްދުވަސް ފަހުން ކަމަށް އޭނާ ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތުން ބުނެފައި ވެއެވެ.

ބިލާދުއްޝާމް ނަމަކަށްކިޔާ ހަނގުރާމައިގެ ހަބަރުތައް ފަތުރާ މީޑިއާއަކުން މިކަމާއި ގުޅޭގޮތުން ބުނެފައިވާގޮތުގައި ސީރިޔާގެ އަސްކަރީ ބާރުތަކާއި ހަނގުރާމަވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި މި ހިނގާ މޭއި މަހުގެ ހަތް ވަނަ ދުވަހު މަރުވީ އަބޫ ހަމްޒާ އަލް މާލްދީފް ނަމަކަށް ކިޔާ ދިވެހި ޒުވާނެކެވެ. އޭނާއަކީ ޏ. ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.

ބިލާދުއްޝާމުން ބުނެފައިވާގޮތުގައި، އަބޫ ހަމްޒާ އަލް މާލްދީފްއަކީ ސީރިޔާގައި އައިސިސް އިން ކުރިޔަށްގެންދާ ރެކްރޫޓް ޓްރޭނިންގް ފުރިހަމަކޮށްފައިވާ މީހެކެވެ. އެ ޓްރޭނިންގަށް ފަހު މިލިޓްރީ ޓްރޭނިންގް ހަދަމުން ދަނިކޮށް ދިމާވި ސިއްހީ ހާލަތަކާއި ގުޅިގެން އޭނާ ޓްރޭނިންގް މެދު ކަނޑާލި ކަމަށް ވެއެވެ. ހަމްޒާ ކޮންމެ މަހަކު 25 ދުވަހު ހަނގުރާމަވެރިންގެ ދިފާއުގައި ޑިއުޓީ އަދާކުރާއިރު، ބާކީ ދުވަސްތަކުގައި ވެސް އައިސިސް އިން ކުރިޔަށްގެންދާ ކަންކަމުގައި ބައިވެއުޅޭ ކަމަށް ބިލާދުއްޝާމުން ބުނެފައި ވެއެވެ.

ބިލާދުއްޝާމުގައި ބުނެފައިވާގޮތުގައި ހަމްޒާ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހަނގުރާމަކުރަން ދިޔައީ ސީރިޔާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ބައްޝާރުލް އަސަދަށް ތާއީދުކުރާ ސިފައިން އެ ޤައުމުގެ އިދްލީބް ޕްރޮވިންސަށް ހަމަލާތަކެއްދޭން ފެށުމުންނެވެ. އެ ހަމަލާތަކުގައި ބަޝާރުގެ ސިފައިންނާއި ރަޝިޔާގެ އަސްކަރިއްޔާއިން ވެސް ބައިވެރިވި ކަމަށް ވެއެވެ. ހަމަލާތަކުގެ ތެރެއިން ހަމްޒާ މަރުވީ ވައިގެ މަގުން ސީރިޔާގެ އަސްކަރިއްޔާއިން އެ ސަރަޙައްދަށް ދިން ބޮމުގެ ހަމަލާއެއްގައި ކަމަށް ވެއެވެ.

މި ހަމަލާ ދިން ވަގުތު އޭނާ އާއި އެކު އޭނާގެ އެކުވެރިޔަކުވެސް ހުރިއިރު، ހަނގުރާމައިގެ މައިދާނުން ހަނގުރާމަވެރިން ފިލާފައި ވަނީ ހަމްޒާގެ ހަށިގަނޑު އެތަނަށް ދޫކޮށްލާފައެވެ. ހަމްޒާ އޭރު މަރުވެފައިވާ ކަމަށް ހަނގުރާމަވެރިން ބުނި ނަމަވެސް އެކަން ކަށަވަރު ކޮށްފައިވާ ކަމެއް ބުނެފައެއް ނުވެއެވެ. ހަމްޒާގެ ހަށިގަނޑު، ކުރިމަތިލުންތައް ހިނގި މައިދާނުން ނަގާފައިވަނީ ޖެހިގެން އައި ދުވަހުގެ ވަގުތެއްގައި ކަމަށާއި ހަމަލާތަކުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރި ކަމަށް ބިލާދުއްޝާމުން ބުނެއެވެ. އަދި އޭނާގެ ހަށިގަނޑު އެތަނުން ނެގި އިރު ހަށިގަނޑު އޮތީ ހަރު ނުވެ ކަމަށް އެފަރާތްތަކުން ބުނެފައިވާއިރު، އޭގެ ކުރީ ދުވަހު އޭނާ މަރުވެފައިވާ ކަމަށް ބުނި ބުނުމާއި ގުޅިގެން ވަނީ ސުވާލު އުފެދިފައެވެ.

ބިލާދުއްޝާމުން ބުނީ ހަމްޒާގެ ޖަނާޒާގެ ކަންކަމުގައި އޭނާ ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ދިވެހި އެހެން ހަނގުރާމަވެރިން ބައިވެރިވި ކަމަށެވެ. އަދި ހަމްޒާ ރާއްޖެ ދޫކޮށް ދިގު ރާސްތާއެއް ކަޑައްތު ކުރުމަށްފަހު ސީރިޔާއަށް ދިޔައީ އެފަރާތްތަކަށް އެހީވުމަށް ކަމަށް އެ މީޑިއާގައި ބުނެފައި ވެއެވެ.

ޖިހާދުގެ ނަމުގައި ސީރިޔާގައި ނިރުބަވެރިން ހިންގަމުންދާ ޖަރީމާތަކުގައި ބައިވެރިވުމަށް ފުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހިން މީގެ ކުރިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުން ހައްޔަރުކޮށްފައި ވެއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، ސީރިޔާގެ އެކި ކޭމްޕުތަކުގައި އާއި ޖަލުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުވެ ހާލުގައި ޖެހިފައި އެބަތިއްބެވެ.

ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭއޮހޮރުވުން ހިންގުމުގައި ދިވެހި ހަނގުރާމަވެރިން ގިނަ އަދަދަކަށް ބައިވެރިވަމުންދާއިރު، ހަނގުރާމައިގެ މައިދާނުގައި ހާލުގައި ޖެހިފައި ތިބި ދިވެހި ކުދިންގެ މައުލޫމާތުވެސް ދާދިފަހުން ދައުރުވެފައި ވެއެވެ. އަދި ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިއެސް) އާއި ގުޅުމަށް 350 އަށްވުރެ ގިނަ ދިވެހިން ސީރިޔާއަށް ދަތުރުކުރިއިރު، އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ މައުލޫމާތު ހާމަކުރި ފަރާތުން ބުނެފައި ވެއެވެ.

ސީރިޔާގައި ހަނގުރާމައަށް ދާ ގިނަ އަދަދެއްގެ މީހުން، ހަނގުރާމައިގެ މައިދާނަށް އެމީހުންގެ ދަރިން ޔަތީމު ހާލުގައި ދޫކޮށް ދާއިރު، އެފަދަ ގިނަ އަދަދެއްގެ ކުދިން ހާލުގައި ޖެހި އެ ބިރުވެރި މާހައުލުގައި އަނިޔާތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި އެ ގައުމަށް ޖިހާދުގެ ނަމުގައިދާ އަންހެނުން ޖާރިޔާއިންގެ ގޮތުގައި ގަނެވިއްކާ ހަދާކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. ހަމަ އެހެންމެ މިގޮތުން ޖާރިޔާއިންގެ ގޮތުގައި ބޭނުންކުރާ އަންހެނުންނަށް ހަނގުރާމަވެރިންގެ ފަރާތުން ޖިންސީ ގޯނާ ލިބި ރޭޕްގެ ޝިކާރައަށް ވެގެން ގޮސްފައިވާ ކަމުގެ ޚަބަރުތައްވެސް ފެތުރިފައި ވެއެވެ.

އޮޅުވާލައިގެން އިސްލާމިކް ސްޓޭޓްސް އާއި ގުޅުމަށް ޤައުމުތަކުން ސީރިޔާއަށް ގެންދާ މީހުން، އެ ޖަމާއަތުން ބާރު ފޯރުވާ ސަރަޙައްދުތަކަށް ވަދެވުމާއި އެކު ޕާސްޕޯޓާއި އެނޫންވެސް މުޙިންމު ލިޔެކިޔުންތައް އަތުލައި ނައްތާލާ ކަމަށް ވެއެވެ. އަދި އިންޒާރުދީ، ދެން އިތުރަށް އެބިމުން ފައިބައިގެން ދެވުނަ ނުދިނުމަށް ބިރުދައްކައި އަދަބު ދޭކަމަށް ވެއެވެ. މި ސަބަބަށްޓަކައި ގިނަ މީހުން ތިބީ، ޖެހިލުމެއް ނެތި މީހުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންގެ އަތްދަށުން ސަލާމަތްވެ އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެވެ.

މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ އައިސިސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އަވައްޓެރި ސްރީލަންކާގެ އަށް ތަނެއްގައިވެސް ބޮން ގޮއްވާލައިގެން ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގައި ވެސް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ކުށެއްނެތް އެތައް އާންމުންނެއް މަރާލާފައި ވެއެވެ.

އައިސިސްގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ސީރިޔާގައި އުފެދުނު އެ ޖަމާޢަތުގެ ނުރައްކާ ދުނިޔޭގެ އެތައް ޤައުމަކަށް ދަނީ ފޯރަމުންނެވެ. މުސްލިމުންގެ ހައްޤުގައި ޖިހާދުކުރާ ކަމަށް ބުނެ ޤައުމުތަކުގައި މި ޖަމާޢަތުން ހުއްޓުމެއް ނެތި އެތައް ޖަރީމާއެއް ހިންގަމުންދާއިރު، ފަލަސްތީނު ފަދަ ޤައުމުތަކުގައި އެތައް މުސްލިމުންނެއް ޔަހޫދީންގެ ވަކިތަކުގެ ދަށުވެ ކޮންމެ ދުވަހަކު ޝަހީދު ވަމުންދާތާ ވަނީ އެތައް ޒަމާނެއް ވެފައެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އެޖަމާޢަތުން މިހާތަނަށް ބަހެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮސް

    ދިވެހި ޒުވާނުން ސީރިޔާ ހަނގުރާމައިގަ މަރުވޭތަ؟ އެޒުވާނާ އެތަނަށް ފޮނުވި މީހުން ގައިމު ތިބޭނެއެއްނު؟ ނުހޯދާ އަޅާ ނުލާ ތިބޭނަމަ އެކަމަށް ހިއްވަރު އެބަދޭ ސަރުކާރުންވެސް.

    12
    4
  2. ޖުބު

    ދިވެހި އައިސިސް އުޅެއެއްނު؟ މަބުނަމެއްނު

    8
    1
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހޭބަލިވެފަތިބި ބައެއްތީ. ތިހާ ޖިހާދުކުރާހިތްވަންޏާ ނިކަންގޮސް އިޒުރޭލަށް ހަމަލާދޭން ދޭބަލަ. ކީއްވެހޭ ނުކެރިގެން ތިއުޅެނީ؟ ބަލަ ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ބިމެއް ނޫންތަ؟ އެބިމުގަވެސް ވަތަނުގެ ދިފާއުގަ ހަނގުރާމަކުރާ ޖަމާއަތްތައް އެތިބީ. އެމީހުނާ ނިކަން ގުޅެންދޭބަލަ! ކަލޭމެންގެ ސިކުނޑި ކޮބާތަ؟

    40
    10
    • ހދހސ

      ކަލޭމެން ހިތަށް އަރާ ކޮންމެ ކަމެެއް ވޭތަ؟ ނުވެ އެއްނު. އިޒްރޭލްގެ ޔަހޫދީ ބައިގަނޑު އާއި ވެސް އަދި ހަގުރާމަ ކުރާ ތަން ފެންނާނެ ދިރި ތިބި ބަޔަކަށް އިންޝާﷲ. އެއް ފަހަރު ވެސް ސީރިޔާގެ ރައްޔިތުންނަށް ހަދާ ގޮތުގެ ވާހަކަ ކޮމެންޓަކުން ނުފެނޭ. ސީރިޔާގެ ރައްޔިތުން އެ ވަނީ އެމީހުންގެ ގޯތިގެދޮރުން ނެރެލާ މަގުމަތި ކޮށްފާ. ކިރުބޯ ޅަކުދިން އެކުދިންގެ މައިމީހާ އާއި އަބަދުގެ އަބަދަށް ދުރުކޮށްލާފަ. ކުޑަ ކުދީން ވަންނާނެ ތަނެއް ނެތި ކާނެ އެއްޗެއް ނެތި ޔަތީމު ވެފަ.

      7
      3
  4. ޥައްދޫ

    މުސްލިމުންނާއި މުސްލިމުން ޖިހާދެއް ނުކުރާނެ. މީތި ވަރަށް ސާފު

    15
    3
    • ވާނުވާ

      ބައްޝާރު އަސަދަކީ މުސްލިމެއް ނޫން. ދެން ކިހިނެއް ކާފަރުންނާ ކާފަރުންނާ ހަގުރާމަ ކުރާ ކަމަށް ވާނީ. އޭން އެއީ ޝީއީއެއް. ޝީއީންނަކީ ޝިރުކު ކުރާ ބައެއް.ފުރިހަމަ މުސްލިމަކީ ސުންނީ މުސްލިމުން

      7
      5
  5. މޯދީ

    ކަލޭމެން ނުބުންޏަސް އިޒްރޭލަށް ހަމަލާދޭން ވީމަ ދޭނެ. ހީވާ ކަހަލަ މިމީހުން ހެން އައި އެސް ހިންގަނީ. މަޖާ ކަމެއް

    6
    12
    • ޢިސޫ

      އައި.އެސް އަކީ ސީދާ ސީއައިއޭ އާއީ މޮސާދުގެ ރޭވުމުގެ ދަށުން ހިންގާ ޖަމާއަތެއް. މިޖަމާއަތުގެ ލީޑާރޝިޕްގައި ތިބީ ޔަހޫދީން ތަމްރީނުކޮށްފަ ތިބި ބައެއް .

      7
      2
    • ބޯދީ

      ކަލޭ ހިތުން ވަރަށް މޮޅު އެއްޗެއް ދޯ ތިބުނީ. އައި އެސް އަކީ އިސްރާއީލްގެ އުފެއްދުމެއް. އެހެންވެސް އެމީހުން އިސްރާއީލަކަށް ހަމަލާއެއް ނުދޭނެ. ކޮމެންތް ކުރާ މީހުން އެދައްކަނީ އެވާހަކަ. ކަލޭ ބުނެބަލަ އިސްރާއީލށްވުރެ ކުރިން އެމީހުން ހަމަލާ ދޭންޖެހޭ އެހެން ތަނެއް؟ ނޯންނާނެ. އަދި ހަމަލާ ދޭކަށް ނުވެސް ކުރޭނެ.

      6
      1
  6. Anonymous

    ޙެޔޮ ބޮޑު ކަާފަރެއް މަރުވިޔަސް މި މީހުން ބަސް ފޮތުން ހޯދައިން ވެސް ލިޔެވެން އޮތް އެންމެ މާތް ބަހަކުން ލިޔާނެ.. ނިޔާވެއްޖޭ ދެމިއޮތުމުގެ އާލަމަށް ދަތުރުކޮއްފޫއެވެ.. ކިޔައިގެން ލިޔާނެ އެކަމު ސީރިޔާގަ ކިތަންމެ އަވަހަށް ބަޔަކު ސަހީދު ކޮށްލިޔަސް މަރުވެއްޖޭ ކިޔާފަ ހަބަރު ލިޔެލާނެ..ސަހީދުންތޯ ނޫންތޯ ކަނޑަ އަޅާނީ އެކަލާންގެ.. އަހަރެމެން މީ ކޮންބައެއް..

    2
    5
  7. ޜަޖަމް

    ތީ ގަދީމީ އިސްލާމުން އުޅުނުގޮތް

    2
    3
  8. ޢަދުރޭ

    ތަން ދޮރު ނޭނގޭ ޖާހިލުންނަށްވެސް މިތަނުގަ ކޮމެންޓް ކުރެވިދާނެ . ޔަހޫދީން ބުނަނީ ނަސޯރާއިންނަކީ ޙައްޤު ގޮތުގަ ތިބި ބައެއް ނޫނޭ. ނަސޯރާއިން ބުނަނީ ޔަހޫދީން ނަކީ ޙައްޤު ގޮތުގައި ތިބި ބައެއް ނޫނޭ . ހަމަ މި ގޮތަށް ޝީޢީން ބުނަނީ ސުއްނީން ތިބީ ޙައްޤު ގޮތުގައެއް ނޫނޭ . ސުއްނީން ބުނަނީ ޝީޢީން ތިބީ ޙައްޤު ގޮތުގައެއް ނޫނޭ . ދެބައި މީހުންވެސް ނަމާދު ކުރޭ . ޝީޢީންގެ ވެސް ރަސޫލާ އަކީ މުޙައްމަދުގެފާނު .ޢަލީގެފާނެއް ނޫން . މިތަނުގައި ލިޔާހާ އެއްޗެއް ޤަބޫލްނުކޮށް އިންޓަނެޓުން ބަލާ މަޢުލޫމާތު ހޯއްދަވާ. ބޮޑު ސުވާލަކީ. މާތް ރަސޫލާ އަކީ ޝީއީ އެއްތޯ ނުވަތަ ސުއްނީ އެއްތޯ . ؟ ސުއްނީ އެއް ކަމަށް ވަންޏާ ކޮން ބޭކަލެއްގެ ސުއްނަތަކަށްތޯ ރަސޫލާ ތަބަޢަވެ ވަޑައިގެންނެވީ. ޤިޔާމަތްދުވަހުގެ މާލިކް އަކީ މަތިވެރި ﷲ . ޢެއީ މާލިކި ޔަވުމިއްދީން އަކީ . ހިސާބު ބެއްލެވުމުގެ ވެރިއަކީ މަތިވެރި ﷲ . މީސްމީހުން ކާފަރުންނަށާ ނުޞައިރީން ނަށާ މުރުތައްދީން ނަށާ ޒައިދީން ނަށާ އެހެނިހެން ނަންނަމުގަ މީހުން ކާފަރުންނަށް ހެދުމުގެ ޙަރަކާތް ޙައްދު ފަހަނަ އަޅާފަ ތިބި ބައިގަނޑު އެކިއެކި ދޮގުބުހުތާން ތައް ދައްކައިގެން ގެންދަނީ ފަތުރަމުން. އިސްލާމީ ވެރިއަކު ވެރިކަމުން ބާލަންވީމަ މި ދެންނެވި .. މީހުން ކާފަރު ކުރާ ބައިގަނޑު ކުރާ ކަމަކީ . މީހުން ރުޅިއަންނާނެ ކަހަލަ ބުހުތާންދޮގު އެ މީހެއްގެ ބޮލުގަ އަޅުވާފަ މުސްލިމް ޒުވާނުންގެ ތެރެއިން ބޮލުރޮދި ކެނޑިފަ ތިބޭ ޒުވާނުން ކުރިއަށް ނެރެގެން އެވެރިއަކާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރަނީ . ﷲ އަށްޓަކާ ކުރަން އަންގަވާފަ އޮންނަ ކަމެއް ނޫން ޤަވުމުތަކުގެ ވެރިކަން ބަދަލު ކުރުމަކީ . މާތް ﷲ އަށް ވަކީލް ކުރުން މޫމިނުން ނަށް އޮތީ . ޢަނިޔާވެރި ވެރި އެއް ކަމަށް ވަންޏާ ﷲ އެ މީހެއްގެ އަނިޔާގެ ބަދަލު ހިއްޕަވާނެ . ގޮތް ހުސްވެގެން ބައްޝާރުލް އަސަދު ވެރިކަމުން ބާލަން ވެގެން ގައިގަ ބޮން ބަނދެގެން ގޮސް އަންހެނުން ނާ ކުޑަކުދިންނެއް ނޫން މަރަންވީ .3 ލައްކަ މުސްލިމުން ނަށް ވުރެ ގިނަމުސްލިމުުން ސީރިޔާގަ މަރުވެއްޖެ މި ޙައްދު ފަހަނަ އެޅި ބައިގަނޑާ ހެދި. 2 މިލިއަން ރެފިއުޖީން އެބަތިބި އަދި ވެސް މި ދެންނެވި ހައްދުފަހަނައަޅާފަ ތިބި ބަކަރި ތައް ހޭ އަރާކަށް ނޫޅެ .ހޮރުތަކުން ކުނިވެގެން ނުކުމެ އަވީގަ އަތްފައި އޮރިދަމައި ގަނެފަ މަރުވެ ހަނރުދަނޑި އަރާފަ މީދާތަކެއްހެން ހައްދު ފަހަނަ އަޅާފަތިބި ބަކަރިތައް ސީރިޔާގެ އެތަން މިތަނުން ފެންނަމުން މިދަނީ . ބައްޝާރުލް އަސަދު އަދިވެސް ހުރީ ވެރިކަމުގަ . މިހާރު މިބަކަރިތައް ބައްޝާރުލް އަސަދު ވެރިކަމުން ބާލަން ލަންކާޔާ އިންޑިޔާގަ ތިބި ދިވެހިން ނަށް ނޮހޮރޮއްޕާން ޖައްސައިފި . އަމާ ހަނދާނެއް ނުކުރެވޭނެ ދީނޭ ކިޔައިގެންނެއް ދެނެއް .

    6
    4
  9. އަބޫއާދަނު

    އައިއެސްއިން ޔަހޫދީންނަށް ހަމަލޭ ފަލަސްތީނަށް ނާރާ ވާހަކަ ތިދައްކަނީ އެއި އިއްޔެ މެންދުރު އުފެދުނު ބައެއް، ކޮބާ ކަލޭމެންގެ ވަލިއްޔުއްލް އަމްރުންތައް އެމީހުންގެ ލަސްކަރުތައް ފޮނުވަންވީނުނ ކޮން ދުވަހަކުން ފޮނުވޭނީ.. އަނެއްކާ ފަލަސްތީނަށް އައިއެސްއިން ނެއެރިގެން އެއުޅެނީ ވެސް ކަލޭމެންގެ ވަލިއްޔުއްލު އަމްރުންނާއި އަދި އެވެރިންގެ ވާގިވެރި އަނިޔާވެރި މުޖުރިމު މުޝްރިކު އެމެރިކާގެ ވެރިންގެ ހުރަސްއެޅުމުގެ ނަތީޖާއެވެ.އަދި އަރާނެ މަހުދީއަށް ބައިއަތު ވެސް ހިފާނެ ބޮޑު ބައިގަނޑު މަހުދީއާއި ދެކޮޅަށް ކޯލިޝަން ހަދައިގެން މިހާރެކޭ އެއްގޮތަށް ނިކުންނަން އެތިބާ ތައްޔާރުވަނީ އދ ގެ ސިފައިންގެ ޓުރޭނިން ހަދައިން