ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލްގެ ފަނޑިޔާރު، އުމުރުން 33 އަހަރުގެ މަރިޔަމް އުނޫޝާ (ކިޑީ) އާއި އޭނާގެ ފިރިމީހާ އިބްރާހިމް ހަމީޝް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އެނގިފައިވާގޮތުގައި އުނޫޝާ ވިހެއީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. ހަމީޝް އާއި އުނޫޝާއަށް މިއަދު އަލަތު ދަރިއަކު ލިބުނުއިރު ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.

އުނޫޝާ ބަލިވެ އިން ވާހަކަ ދާދިފަހުން ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށްފެތުރިފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އުނޫޝާ އަދި އޭނާގެ ފިރިމީހާވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އުނޫޝާ އާއި ހަމީޝް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހު ކައިވެންޏަށް 10 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.

އުނޫޝާ އަކީ ވަރަށް ކުޑައިރުއްސުރެ ލަވަ ކިޔުމުގެ ދާއިރާ އިން ވިދާލި ތަރިއެކެވެ. އޭނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ލަވަކިޔުމުގެ ދާއިރާގައި މަސައްކަތް ކުރި ދެ ފެންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙައްވަ

    މަރުހަބާ

    28
    2
  2. ޙާޖަރު

    އުނޫޝާ އާ ހަމީޝް އަށް މަރުޙަބާ...... ﷲގެ ރަހުމަތާއި އެކު ކުޑަކުޑަ ދަރިފުޅަށް ފާގަތި މުސްތަގު ބަލެއް ދެއްވާށި އާމީން.

    19
    1
  3. ޕިކްއިޓް

    އުނޫޝާއަށް ފިރިހެންކުއްޖަކު ލިބިއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޕޮޕިއުލޭޝަން ގައި ތިޔާ ކުއްޖާ އަށް ލިބޭ އިންޑެކްސް ނަމްބަރ އަކީ ކޮބައިތޭ ޕިކް އަ ކާރޑް ފްރޮމް ތްރެޑް މެޝިން...

  4. ލޯންސްޓަރ

    މީވެސްދެން ހަބަރެއްތަ. މަށަށް އަންހެންކުޖަކުވެސް ލިބިއްޖެ. ވަގުތު ނޫހުން އެވެސް ހަބަރަކަށް ޖަހާލަބަލަ

    17
    8
  5. އަހްމަދު

    މަރުޙަބާ ޙަމީޝް އަދި އުނޫޝާ

  6. އަލީ އަބުދުއްލާ

    އުނޫޝާ ނޫނަސް ކިތައްމެއަންހެނުނެއް ކޮންމެދުވަހަކު ހޮސްޕިޓަލްތަކުގައި ވިހާކަންއަހަރެމެންނަށްއެނގޭ އަހަރެމެންއަންހެނުންވިހޭމަވެސް ވަގުތުނޫހުގައި ޖަހަދޭނަކަމަށްއއްމީދުކުރަން

    6
    1