ވެތެރަން ބޮލީވުޑް އެކްޓްރެސްއެއްކަމަށް ޒީނަތް އަމާން ރޭޕްކުރި ކަމަށް ބުނެ، އޭނާ ހުށަހެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ވިޔަފާރިވެރިއެވެ. އެ މައްސަލަ ޖުހޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، އެ ވިޔަފާރިވެރިޔާ ހައްޔަރުކޮށްފައި ވަނީ މުމްބާއިންނެވެ.
އަދި މިހާރު އެ މައްސަލަ މުމްބާއި ކްރައިމް ބްރާންޗަށް ބަދަލުކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޒީނާތް އާއި އެ ވިޔަފާރިވެރިޔާއާ ދެ މީހުން އެކަކު އަނެކަކު ދަނެއެވެ. އަދި ދެ މީހުންގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އޮންނައިރު، އެ ގުޅުމަށް ހީނަރުކަމެއް އައިސްފައި ވަނީ ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުންކަމަށް ވެއެވެ.

ޒީނަތް ބުނާގޮތުގައި އެ ވިޔަފާރިވެރިޔާ އޭނާއަށް ގުޅާ އުނދަގޫ ކުރެއެވެ. އަދި އޭނާ ޒީނަތްއަށް ފޮލޯކުރާކަމަށްވެސް ވެއެވެ.

ޒީނަތް އަކީ ހަމައެކަނި ފިލްމީ ތަރިއެއް ނޫނެވެ. އޭނާގެ ޒުވާން ދުވަސްވަރު އޭނާ މޮޑެލްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރިއެވެ. ހިންދީ ފިލްމް އިންޑަސްޓްރީގައި އޭނާ ވިދާލީ 1970 އާއި 1980 އަށް ދެމެދުގެ އަހަރުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހޭ

    އަރަންވީ ގަދަކަމުންވެސް, ބޭނުންވަރަކަށް ޒީނަތުގެ އުފަލަށް ބޭނުންވަރަކަށް ޚަރަދުކުރުވާފަ ވިޔަފާރިވެރިޔާގެ އުފާ ހާސިލްކޮށް ނުދެންޏާ ފަޅާފަވެސް އަރަންޖެހޭނެ